ތެހެރާ ޝެއިޚް ނަމަކަށް ކިޔާ މި އަންހެން މީހާ ހަފަހައްޓާފައިވަނީ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންނެވެ.
އޭނާ އެންމެ ފުރަތަމަ މީގެ ދެ އަހަރު ކުރިން އިންޑިއާއަށް ގޮސްފައި ވަނީ ވެސް އެ ގައުމުގެ މީހަކަށް ވެގެނެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނިކޮށްގެން އުޅުނު ބަނގުލަދޭޝް މީހާވެސް އިންޑިއާ ޕާސްޕޯޓެއް ގެންގުޅުނުކަމަށް ރިޕޯޓުތައް ބުނެއެވެ.
އަންހެން މީހާ ވަނީ ފަހުން އޭނާގެ ފިރިމީއާ އާއި ވަރިވެ އިންޑިއާ މީހަކާ ކައިވެނިކޮށްފައެވެ. އޭނާ ރާއްޖެއަށް އަންނަން އުޅުނީ އެނާގެ އިންޑިއާ ފިރިމީހާ ގޮވައިގެނެވެ. ނަމަވެސް ދެ މަފިރިން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.