ads
ޖާބިރު ރައީސްއަށް މަރުހަބާ ވިދާޅުވަނީ
އިންތިހާބު 58 ޕަސަންޓުން އެއްބުރުން ރައީސް ކާމިޔާބު ކުރާނެ: ޖާބިރު
ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފުރަތަމަ ބުރުން 58 ޕަސަންޓުން އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ 'ތޭވީސް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިރޭ ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމަށް ވަޑައިގަތުމާއެކު ރާއްޖޭގެ އިގްތިސާދުވެސް ކުރިއަރާފައިވާކަމަށެވެ. 

"ރާއްޖެއަށް ޑޮލަރު އިތުވެއްޖެ. އިގްތިސާދު ކުރިއަރައިފި. މި ދަންނަވަނީ ކޮވިޑުގެ ބަލިމަޑުކަމާއެކުވެސް ލިބުނު ކާމިޔާބީތައް،" ޖާބިރު ވިދާޅުވިއެވެ. 

ޖާބިރު ވިދާޅުވީ ރައީސް ސާލިހަށް ވޯޓު ހޯދަން އަމިއްލައަށް ހިންގައިގެންވެސް ވޯޓު ހޯދާނެކަމަށެވެ. 

ޖާބިރު ވިދުވީ މާލެއިން 60 ޕަސަންޓަށްވުރެ ގިނަ ވޯޓު ރައީސް ސާލިހު ކާމިޔާބު ކުރައްވާނެކަމަށެވެ.

ދާދިފަހުން އެމްޑީޕީއާ ގުޅިވަޑައިގެން ޖާބިރު ވިދާޅުވީ ރައީސް ސާލިހަކީ ވަރަށް ހުލްގުހެޔޮ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ސާލިހުއަށް ޖާބިރު ތާއީދު ކުރައްވާ އެއް ސަބަބަކީ ވެސް އެއީކަމަށް ވިދާޅުވިއެވެ. 

ޖާބިރު ވިދާޅުވީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބިގެން ޒުވާނުންނަށްވެސް އަދި ރާއްޖޭގެ އިގްތިސާދަށްވެސް ބޮޑު ކުރިއެރުމެއް އަންނާނެކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް