ads
ކްރައިމް ސީން
އގެވެށި އަނިޔާ ކުރާތީ ކޯރާޑިއަކުން ފިރިމީހާ ފަސް ބަޔަށް ކޮށާލައި ކާނަކަށް އުކާލައިފި
އިންޑިއާގެ އުއްތުރަ ޕްރަދޭޝްގައި އަންހެނަކު ފިރިމީހާ ކޯރާޑިއަކުން ފަސް ބަޔަކަށް ކޮށާލައި، ކާނަލަށް އުކާލި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން އެ ފިރިމީހާ މަރައިލިކަމަށް އަނބިމީހާ ވަނީ އެއްބަސްވެފައެވެ.

އަންހެން މީހާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އޭނާގެ ފިރިމީހާ ރާމް ޕާލް މަރާލީ އޭނާ އަނިޔާވެރިކޮށް މަރާލާނެ ކަމުގެ އިންޒާރު ދީ ގެވެށި އަނިޔާ ކުރާތީކަމަށް އަންހެން މީހާ ވަނީ ބުނެފައެވެ.

" ފިރިމީހާ  ކޮޓެއްގައި ބަނދެފައި އޭގެ ފަހުން ކޯރާޑިއެއް ބޭނުންކޮށްގެން އޭނާގެ ހަށިގަނޑު ފަސް ބުރިއަށް ކޮށާލި. އެއަށްފަހު އޭނާގެ ހަށިގަނޑުގެ ބައިތައް ކައިރީގައި ހުރި ކާނެއްގެ ތެރެއަށް އުކާލި،" -ފުލުހުން-

ފުލުހުން އޭނާ ހޯދަން ފަށާފައިވަނީ ބައްޕަ ގެއްލިގެން ދަރިފުޅު ސޮން ޕާލް ބުދަ ދުވަހު ފުލުހުންނަށް ރިޕޯޓުުކުރުމުންނެވެ. 

އެ އަންހެން މީހާގެ މައްޗަށް މަރުގެ ދައުވާ އުފުލާފައިވާއިރު މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެެވެ. 

23%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
45%
ވަރަށް ސަލާމް
ކޮމެންޓްސް