ads
އިބްރާހިމް މާއިޒު އޭޑީކޭ ހޮސްޕިޓަލުގައި....
މާމައަކު ކުރާ އާދޭސް، އަހަރެންގެ ދަރިފުޅަށް އެހީވެދީ، އެކުއްޖާ މަރުވާން ދޫކޮށް ނުލާ!
ކޮންމެ މީހަކުވެސް ދަރިއަކު ހޯދާނީ އެދަރިއަކަށް ފުރިހަމަ އަޅާލުމާއި އޯގާތެރިކަން ދެވޭނެކަން އެނގިހުރެގެންމެއެވެ. ނަމަވެސް ދަރިން ލިބުމަށްފަހު އެދަރިން ދޫކޮށްލާ މައިންބަފައިންވެސް ފެންނަނީ މަދަކުންނޫނެވެ. މިފަދަ މައިންބަފައިވެސް އުޅެނީ އުފަލުގައެވެ. ނަމަވެސް އެފަދަ ދަރިން އުޅެނީ ވަރަށް ނިކަމެތި ހާލުގައެވެ.

މިގޮތުން ތ. ބުރުނީގައި ދިރިއުޅެމުންދާ އުމުރުން 53 އަހަރުގެ ގަމަރިއްޔާ އަބްދުލްޢަފޫރުގެ އޭނާގެ މާމަ ދަރިފުޅަށްޓަކާ ވަމުންދާ ގުރުބާނީ އަކީ މާމައެއްގެ ހިތުގައި އުފެދިފައިވާ ލޯތްބާއި ކުލުނެވެ. ގަމަރިއްޔާ ''ސީއެންއެމް'' އަށް ބުނީ އޭނާގެ މާމަދަރިއެއްކަމަށްވާ އިބްރާހިމް މާއިޒު އަކީ ތެލަސީމީޔާ ބަލި ތަހައްމަލް ކުރާ ކުއްޖެއް ކަމަށެވެ.

މާއިޒު އަށް މިހާރު 18 އަހަރެވެ. ތެލެސީމީޔާ ބަލި ހުއްޓަސް މާއިޒު އަށް އިތުރު ތަކުލީފު ތަކަކާއި ކުރިމަތިލާން ނުޖެހޭ ކަމަށާއި، އެ ކުއްޖާ އުޅެމުން އައީ ވަރަށްވެސް އުފާވެރި ދިރިއުޅުމެއްގައި ކަމަށް ގަމަރިއްޔާ ބުންޏެވެ. ނަމަވެސް މާއިޒު ކިޔެވައި ނިމުމުން މާލެ ބަދަލުވި ކަމަށާއި، އެއީ އޭނާގެ މަންމަ ދިރިއުޅެނީ މާލޭގައި ކަމަށްވާތީއެވެ. އޭގެ ފަހުން މާއިޒު ރޯގާއެއްޖެހި ހުން އައިސްގެން ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ގަމަރިއްޔާ ކިޔައިދިނެވެ.

your imageއިބްރާހިމް މާއިޒު...

މާއިޒު އަކީ ތެލެސީމިޔާ ކުއްޖެއް ކަމުން ގަދަޔަށް ހުންއައުމުން ނޭވާލާން އުނދަގޫވަމުންދިޔަ ކަމަށާއި، އަވަހަށް ފަރުވާ ހޯދުމަށް ދިޔައީ އައިޖީއެމްއެޗަށް ކަމަށެވެ. އެހާ ހިސާބުން އައިޖީއެމްއެޗްގައި މާއިޒު އެޑްމިޓް ކުރި ކަމަށް ގަމަރިއްޔާ ބުންޏެވެ. ނަމަވެސް އެ ހޮސްޕިޓަލުން މާއިޒު އަށް ފަރުވާ ލަސްކުރަމުންދިޔަ ކަމަށާއި، އެޑްްމިޓްވެގެން އޮތް ދުވަސްތަކުގައި އެކުއްޖާ ތެޅުނީ މަރަށްތެޅޭ ރޯ މަހެއްހެން ކަމަށް ގަމަރިއްޔާ އަސަރާއިއެކު ރޮވިފަ ބުންޏެވެ.

''ދޮޅު މަހެއް ވަންދެން ކުއްޖާ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ބާއްވާފައި އޮތީ. އައިސީޔޫގައި އޮންނަން ބިރުގަންނަވާހަކަބުނޭ. ފާހަނަޔަށް ގެންދަން ބުނީމަ ނަރުހުން ނުގެންދާ ކަމަށް ބުނޭ. ފަހުން ކުއްޖާގެ ފުރަމޭ ދުޅަވެ، ދެފައި، ދުޅަވާންފެށީ. އޯށޯވެގެންނޯވޭ. ހަމަ މަރަށް ތެޅުނީ'' ގަމަރިއްޔާ ބުންޏެވެ.

ފަރުވާ ލަސްވަމުންދާތީ އެތަކެއް މަސައްކަތަކުން އޭޑީކޭ ހޮސްޕިޓަލަށްއަށް ކުއްޖާ ބަދަލު ކުރި ކަމަށާއި، އޭޑީކޭ އާއި ހަމަޔަށް ކުއްޖާ ގެނެވުނުއިރު، ފުއްޕާމޭގައި ފެންއުފެދި، ހިތުގެ އެއްފަޅި ދުޅަވެ، މީހާ އެއްކޮށް ދިޔައީ ދުޅަވަމުން ކަމަށެވެ.

your imageމާއިޒުގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް....

'' އެހާވަރަށް ކުއްޖާ އަށް ބަދަލު އައިއިރު ނުވެސް ބުނޭ ވެގެން އުޅޭގޮތެއް. އެތައް ދުވަހެއްގެ ފަހުން ބުނީ އުއްމީދު ކަޑާލާފައިވާ ކަމަށްވެސް. '' ގަމަރިއްޔާ

ކުއްޖާ އަށް އަޅާވޭނަށް ހިތަށް ކެތްނުވެގެން ކުއްޖާ އޭޑީކޭ އަށް ބަދަލުކުރަން ބުނީ އަތުގައި ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އޮވެގެން ނޫން ކަމަށެވެ. ބޭނުންވީ ކޮންމެ ހާލެއްގައި ތެޅިގެންވެސް މާއިޒުގެ ފުރާނަ ސަލާމަތް ކުރަން ކަމަށް ގަމަރިއްޔާ ބުންޏެވެ.

ނަމަވެސް މިހާރު ކުއްޖާގެ ހާލަތު ރަނގަޅު ކަމަށާއި، އޭޑިކޭގެ ޑރ. ގުރައިޝާގެ ބެލެމުގެ ދަށުން ކުއްޖާގެ ފަރުވާ ކުރިއަށްދާއިރު މިހާރު ވޭންތައް ކުޑަވެ އެއްކޮށް ކަހަލަގޮތަކަށް ރަނގަޅު ވަމުންދާ ކަމަށެވެ.

''އައިޖީއެމްއެޗު ޑޮކްޓަރު ބުނީ ކޮންމެ ތަނަކަށް ދިޔަޔަސް ރަނގަޅެއް ނުވާނެޔޯ. ކުއްޖާގެ އެއްވެސް އުއމީދެއް ނެތް ކަމަށް ބުނީ. ހޮސްޕިޓަލުން ދޫކުރީ ވަރަށް މަސައްކަތުން. އަޅުގަނޑު އުއްމީދު ދުލެއް ނުކުރަން.'' ގަމަރިއްޔާ

ނަމަވެސް މާއިޒުގެ ބޯންމެރޯ ހެދުމަށް ޑޮކްޓަރު މިހާރުވަނީ ލަފާ ދެއްވާފައިވާ ކަމަށާއި، ބޯންމެރޯ ހެދުމަށް އިނޑިޔާ އަށް ދިއުމުގައި، މާއިޒުގެ ކޮށްކޮވެސް ގެންދަން ޖޭހޭ ކަމަށް ގަމަރިއްޔާ ބުންޏެވެ. މިހާރު މިދަނީ އާސަންދަ ހޯދުމުގެ މަސައްކަތްވެސް ކުރަމުން ކަމަށެވެ.

ނަމަވެސް އަދި އިންޑިޔާ އަށް ގޮސް ހޭދަވާނީ ކިތައް ދުވަސް ކަމެއްވެސް ނޭނގޭ ކަމަށްވެސް ގަމަރިއްޔާ ބުންޏެވެ. މިހާރުވެސް ކުއްޖާގެ ފަރުވާގެ އެކި ކަންކަމުގައި މިހެން ގަނެތެޅޭތާ 2 މަސްވާން ކައިރިވެފައިވާ ކަމަށާއި، އަތަކު އެއްވެސް އެއްޗެއް ނެތް ކަމަށްވެ. 

އަދި އިންޑިޔާ ފަދަ ދުރު ގައުމަކަށް މާއިޒު ގޮވައިގެން ދިއުމުގައި ހޭދަވާނީ ކިތައްދުވަސްކަމެއް ނޭގޭތީ ދީލަތި ފަރާތްތަކުގެ އެހީ ތެރި ކަމެއްބޭނުންވާ ކަމަށް ވެސް ގަމަރިއްޔާ ބުންޏެވެ. މިކަމުގައި އޭނަޔަށް އަޅާލާނެ ބަޔަކު ނެތް ކަމަށާއި، ކުއްޖާގެ ބައްޕަ އާއި މަންމަގެ ފަރާތުންވެސް އެހީތެރި ކަމެއްނުލިބޭ ކަމަށެވެ. އަދި ގުޅާލުމުން ފޯނުވެސް ނުނަގާ ކަމަށް ގަމަރިއްޔާ ބުންޏެވެ.

ނަމަވެސް ކުއްޖާ އަށް އަޅާވޭނާއި، ވާ އުނދަގުލަކީ އެއީ ކެތްވާ ވަރުގެ ކަމެއްނޫން ކަމަށާއި، ބޭނުންވަނީ މާއިޒުގެ ހަށިގަނޑުގައި އަޅާވޭނުން އެކުއްޖާ ސަލާމަތް ވުމަށް ކަމަށްވެސް ގަމަރިއްޔާ ބުންޏެވެ.

ކަރުނަ ނުހިފެހެއްޓި ވާހަކަ ދައްކަމުން ގަމަރިއްޔާ ބުނީ "އަހަރެންގެ ދަރިފުޅަށް އެހީވެދީ، އެކުއްޖާ މަރުވާން ދޫކޮށް ނުލާ!"

ގުޅޭނެ ނަންބަރުތައް: 7502521 އަދި 9869911

އެކައުންޓް ނަމްބަރު 7730000414702 (ބިމީއެމްއެލް) ގަމަރިއްޔާ އަބަދުލްޢަފޫރު

އެކައުންޓް ނަމްބަރު. 7730000574630 (ޑޮލަރު) ގަމަރިއްޔާ އަބްދުލްޢަފޫރު

ނޯޓު: ސީއެންއެމް އެހީގެ ދަށުން ލިޔެފައިވާ އާޓިކަލްތަކުގައި ވާ ފަރާތްތަކަށް އެހީވުމުގެ ކަންކަން އެ ފަރަތާއި ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

23%
ކަމުގޮސްފި
59%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް