ads
ފޮޓޯ ޓައިމްސް އޮފް އައްޑޫ
ޑޮކްޓަރުންނާއި ނަރުހުން ވެސް ޗުއްޓީއަށް، އެޗްޕީއޭއިން ބަލި ފެތުރުނު ސަބަބު ސާފުކުރަނީ
ބޭރަށް ހިންގައި ހޮޑުލެވޭތީ ބައެއް މާލޭ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ނަރުހުން ވެސް ވަޒީފާއިން ޗުއްޓީ ނަގައިފައިވާކަމަށް ހަބަރުތައް ފެތުރިއްޖެއެވެ.

މިގޮތުން މާލޭގެ ބައެއް ހޮސްޕިޓަލްތަކުން ނަރުހުންނާއި ޑޮކްޓަރުން ޗުއްޓީނަގާފައިވަނީ ހޮޑުލެވި ހުން އައިސް، ރޯގާޖެހިގެންކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ސަބަބުން ޗުއްޓީއަށް ނުގޮސް މަސައްކަތުގައި އުޅޭ ޑޮކްޓަރުން ވަރަށް ބޮޑަށް ވަރުބަލިވެ ޕްރެޝަރަށް ވެއްޓުން ވެސް އެކަށީގެންވެއެވެ. 

އެޗްޕީއޭއިން އަންނަނީ ބަލިފެތުރެން ދިމާވި ސަބަބު ސާފުކުރަމުންނެވެ.

"ރެއިން ފެށިގެން ކުއްލިއަކަށް ވަރަށް ގިނަ ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ ކޭސްތަކެއް މާލޭ ސަރަހައްދުން ވަނީ ފާހަގަކުރެވިފަ. މި އަންނަނީ ސަބަބު ސާފުކުރަނުން،" -އެޗްޕީއޭ-

ބޭރަށް ހިންގުން ޖެހިގެން މާލޭގެ ހޮސްޕިޓަލްތަކަށް އަންނަ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން އައިޖީއެމްއެޗްގެ އީއާރުވެސް ފުރިފައިވާކަމަށް އެތަނުގެ ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ. އޭޑީކޭ އަދި ސެނެހިޔާގެ އީއާރަށްވެސް ގިނަބަޔަކު އަންނަނީ ޑޮކްޓަރަށް ދެއްކުމަށް ޖަމާވަމުންނެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ އީރާރު ވެސް ވަނީ ބަލިމީހުން ގިނަކަމުން ތޮއްޖެހިފައެވެ. 

މިއަދު މާލޭގައި ބަލިފެތުރިގެން ގިނަބަޔަކު ޑޮކްޓަރަށް ދައްކަމުން އަންނައިރު، މިނިވަން ދުވަހުގެ ކުޅިވަރުތައް ބަލަން ގިނަބަޔަކު ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ބުދަ އަދި ބުރާސްފަތި ދުވަހު ޖަމާވެފައެވެ. 

މި ދުވަސްވަރަކީ ސްކޫލު ބަންދު ކަމުން ރަށްރަށުން ވެސް ގިނަބަޔަކު ވަނީ މާލެއަށް ގޮސްފައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް