ads
މޫނު ބުރުގާ އެޅި މީހަކު ކިޔަވައިދެނީ: ފޮޓޯ ސަން
މޫނު ބުރުގާ އެޅި މީހުންގެ ދިފާއުގައި މުޒާހަރާއަށް ނުކުންނަނީ
ކިޔަވައިދޭއިރު މޫނު ނިވާކުރުން އެޑިއުކޭޝަން މިނިސްޓްރީން މަނާކުރުމުން އެކަމާ ދެކޮޅަށް މޫނު ބުރުގާ އެޅި މީހުންގެ ދިފާއުގައި މުޒާހަރާއަށް ނުކުންނަން ނިންމައިފިއެވެ.
Advertisement

މި މުޒާހަރާއަށް ގޮވާލުމުން ގެންދަނީ 'އައި ސްޓޭންޑް ވިތް ނިގާބް' ނަމުގައި ހިންގަމުން އަންނަ ފޭސްބުކް ޕޭޖަކުންނެވެ. 

އެ ޕޭޖުން ބުނެފައިވަނީ އެ މީހުން މުޒާހަރާއަށް ނުކުންނާނީ މާދަމާ (ހޮނިހިރު ދުވަހު) ހަވީރު 4:15 އަށް ކާނިވާ ސަރަހައްދަށް ކަމަށެވެ.

"މުސްލިމު އުހުތުންގެ ދިފާއުގައި. މޫނު ބުރުގާގެ ދިފާއުގައި. ލާދީނިއްޔަތާ ދެކޮޅަށް،" މުޒަހަރާއަށް ގޮވާލައި ފޭސްބުކްގައި ދައުރުކުރަމުން އަންނަ ޕޯސްޓުތަކުގައި ބުނެފައިވެެއެވެ.

މޫނު ބުރުގާ އެޅި މީހުންގެ ދިފާއުގައި މުޒާހަރާއަށް ނުކުންނަން ނިންމާފައިވާއިރު، މޫނު ބުރުގާއެޅުން މަނާކުރުމަކީ ދީނީ އަދި ގާނޫނީ ކުށެއް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ. 

ޑރ އިޔާޒް މިހެން ވިދާޅުވީ ހޯމަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި ސުލޫކީ މިންގަނަޑުގައި މޫނު ބުރުގާ އެޅުން މަނާވާފަދަ ކަންތައްތަކެއް ހުރުމުންނެވެ. 

އެ މިންގަނޑުގައި ބުނެފައި ވަނީ "އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު އަދި ދަރިވަރުންނާ މުއާމަލާތް ކުރާއިރު ހުންނަންވާނ،ީ ތިމާއަކީ ކާކުކަން އެނގޭ ގޮތަކަށް" ކަމަށެވެ.

އެ އުސޫލުގެ މަގްސަދަކީ މުުދައްރިސުންގެ ފަންނީ އަހުލާގީ އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާއެކ،ު ޒަމާނުއްސުރެ ދިވެހި މުޖުތަމަޢުގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމު އިތުރުކޮށް ދެމެހެއްޓުން ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް އެ ނިންމުމަށް ފާޑުވިދާޅުވެ، އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒު ވިދާޅުވީ އިސްލާމީ މިންގަނޑުން ހެދުން އެޅުމަކީ ކޮންމެ ދިވެއްސަކަށް ޝަރްޢީ އަދި ޤާނޫނީ ގޮތުން ލިބިދީފައިވާ ހައްގެއް، ކަމަށެވެ. 

"އިސްލާމީ މިންގަނޑުން ހެދުން އެޅުމަކީ ކޮންމެ ދިވެއްސަކަށް ޝަރްޢީ އަދި ޤާނޫނީ ގޮތުން ލިބިދީފައިވާ ޙައްޤެއް. އެހެންކަމުން، ބަޔަކު މީހުން ހަދާ ޤަވާޢިދެއްގައި މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނައެއް ނުކުރެވޭނެ. މަނާކުރާމީހާ އެކުރަނީ ދީނީގޮތުންނާއި ޤާނޫނީ ގޮތުން ކުށެއް،" ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވި ނަމަވެސް މޫނުބުރާ އަޅައިގެން ކިޔަވައިދިނުމަކީ ނަސްފާނީ ގޮތުން ދަރިވަރުންނަށް ގެއްލުން ލިބޭނެކަށްވާތީ އެޑިއުކޭޝަން މިނިސްޓްރީނެ އެކުލަވާލި އައު އުސޫލަށް ގިނަބަޔަކު އަންނަނީ ތައުރީފުވެސް ކުރަމުންނެވެ. އަދި މަދު ބަޔަކު އެ އުސޫލަށް އަންނަނީ ފާޑުވެސް ކިޔަމުންނެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް