ads
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ސިންގަޕޫރުގައި އަދީބުގެ ސާޖަރީއެއް ކުރަނީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސާޖަރީއެއް ސިންގަޕޫރްގައި ކުރަމުން އަންނަ ކަމަށް އޭނާގެ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނެފިއެވެ.

ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކަރެކްޝަނުން ދިނުމުން އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. ކަރެކްޝަނުން ބޭސްފަރުވާއަށް އަދީބުއަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.

އެ މުއްދަތު މިހާރު ހަމަވެ, މުއްދަތު އިތުރުކޮށްދިނުމަށް އެދި އަދީބުގެ ފަރާތުން ކަރެކްޝަނަލް ސާވިސްގައި އެދުމުން، އެ ހުއްދަ އޮގަސްޓް 28އާ ހަމައަށް ވަނީ އިތުރުކޮށްދީފައެވެ.

އެމްޓީޑީން މިއަދު ބުނީ، ހެލްތް ޗެކްއަޕް އަށް ފަހު ސިންގަޕޫރްގައި އަދީބުގެ ސާޖަރީއެއް މިހާރު ކުރިއަށްދާ ކަމަށެވެ. 

އަދި އަދީބުގެ ސިއްހީ ހާލަތު ގޯސްވެފައި ވަނީ 2015 އިން 2018ގައި އޭނާ ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގެ ތެރޭގައި ދިމާވި ސިއްހީ މައްސަލަތަކާއި ގުޅިފައިވާ ކަންކަން ކަމަށް ބެލެވޭ ކަމަށް އެމްޓީޑީން ބުނެފައި ވެއެވެ.

އެމްޓީޑީން މީގެ ކުރިން ބުނި ގޮތުގައި އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ދައުލަތާ އެކީގައި އަދީބު އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާއިރު، ސިއްހީ ހާލަތު ހުރި ގޮތުން އަދީބު މިހާތަނަށްވެސް ހުންނެވީ ގޭބަންދުގައެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް