ads
އެސްޓީއޯގެ ފާމަސީއަކުން ހިދުމަތް ފޯރުކޮށްދެނީ: އެ ކުންފުނިން ބުނީ ބޭހާއި ލޮނު ޕެކެޓުގެ އެކަށީގެންވާ ސްޓޮކެއް އެބަހުރި ކަމަށް - ފޮޓޯ:އެސްޓީއޯ މެޑިކަލް ސާވިސަސް
ބޭހާއި ލޮނު ޕެކެޓުގެ އެކަށީގެންވާ ސްޓޮކެއް އެބަހުރި: އެސްޓީއޯ
މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެފައިވާއިރު، ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހާއި ލޮނު ޕެކެޓު "އޯއާރުއެސް" ގެ އެކަށީގެންވާ ސްޓޮކެއް އެބަހުރި ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނެފިއެވެ.
Advertisement

އެސްޓީއޯގެ މީޑިއާ އޮފިޝަލަކު "ސީއެންއެމް" އަށް ވިދާޅުވީ ހޮޑުލުމާއި ބޭރަށް ހިންގާތީ ދޭ ބޭހާއި ލޮނު ޕެކެޓުގެ އެކަށީގެންވާ ސްޓޮކަކާއި ސްޓޭބަލް ސަޕްލައިއެއް އެބައޮތް ކަމަށެވެ.

އެސްޓީއޯއިން ބުނެފައިވަނީ މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާ އާއި ގުޅިގެން އެ ކުންފުނީގެ ފާމަސީތަކުން ބޭސް ނަގާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ކުންފުނިން ބޭސް އެތެރެކުރަމުން އަންނަނީ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާކުރެވިގެން ކަމަށާއި ރާއްޖެއަށް ބޭނުންވާނެ މިންވަރު ދެނެގަނެވި އިސްރާފުވެސް ކުޑަވާނެ ގޮތަށް ބެލި އަދި ބޭހުގެ ފެންވަރާ މެދު ސުވާލެއް ނުއުފުދޭ މިންވަރަށް ބެލިގެން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ރާއްޖޭގައި މޫސުމީ ރޯގާތައް ފެތުރޭ ދުވަސްވަރުތައް ދެނެގަނެވި، އެ ދުވަސްވަރަށް ބޭނުންވާ ބޭސްތައް އަބަދުވެސް ހުސްނުވެ އެ ކުންފުނިން ފޯރުކޮށްދެވެމުންދާ ކަމުގައެވެ.

"މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ އާއެކު، އެފަދަ ރޯގާތަކަށް އާންމުކޮށް ދެވޭ ބޭސްތަކުގެ ޑިމާންޑް އިތުރުވެފައި ވީނަމަވެސް މި ކުންފުނިން އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އަރުވަން،" - އެސްޓީއޯ

އެސްޓީއޯއިން މިހެން ބުނެފައިވާއިރު، އޭޑީކޭ އާއި އައިޖީއެމްއެޗްއަށް އިއްޔެއިން ފެށިގެން ޑޮކްޓަރަށް ދައްކާ ކުދިން އިތުރުވެ، އެ ހޮސްޕިޓަލްތަކުގެ އެމަޖެންސީ ރޫމް ފުރިފައިވާތީ ފަރުވާ ދިނުމަށް ހާއްސަަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ސިފައިންގެ ހޮސްޕިޓަލް، ސެނަހިޔާ އާއި ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގައިވެސް ގިނަ އަދަދެއްގެ ކުދިންނަށް ފަރުވާ ދެމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވި ވަކި ސަބަބެއް އެނގިފައި ނުވާތީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް