ads
ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން ބާއްވާ މިނިވަން އުފާ ކާނިވަލުގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ - ފޮޓޯ:އުރީދޫ
މިނިވަން އުފާ ކާނިވަލުން ނަސީބުވެރި 2 ފަރާތަކަށް އުރީދޫން ބާލީ ދަތުރެއް
އުރީދޫ މޯލްޑިވްސްއިން މިނިވަން އުފާ ކާނިވަލުގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް ބާލީ ދަތުރެއް ދިނުމަށް ނިންމައިފިއެވެ.

އުރީދޫން ބުނީ ހޯމް މިނިސްޓްރީ އާއި އާބަންކޯ އާ ގުޅިގެން ކުރިއަށް ގެންދާ މިނިވަން އުފާ ކާނިވަލުގެ ޕާޓްނަރެއްގެ ހައިސިއްޔަތުން ކާނިވަލުގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ލަކީ ޑްރޯގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހަތް ދުވަހުގެ ބާލީ ދަތުރެއް ދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

މިރޭ، 29 ޖުލައިން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ފެށިގެން 6:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން 12:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މިނިވަން އުފާ ކާނިވަލަކީ ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށް ބައިވެރިވެވޭނެ ފަދަ ހަރަކާތަކަށް ވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނެފައިވަނީ ތަފާތު ހިތްގައިމު ހަރަކާތްތަކާއި ގިނަ ސްޓޯލްތަކަކާ އެކު ބާއްވާ މި ކާނިވަލަކީ ކޮންމެ މީހަކަށްވެސް އުފާވެރި ތަޖުރިބާއެއް ކަށަވަރުކޮށްދޭ ކާނިވަލެއް ކަމަށެވެ. މިރޭ އަށެއް ޖަހާއިރު ކާނިވަލް ހުޅުވުމަށް ބޭއްވޭ ރަސްމިއްޔާތާ އެކު، ކާނިވަލުގެ ހަރަކާތްތަކުގައި އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ކާނިވަލުގައި ކުރިއަށްދާ ލަކީ ޑްރޯގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ދޭ ހަތް ދުވަހުގެ ބާލީ ދަތުރުގެ ނަސީބުވެރި ފަރާތަކަށްވުމަށް ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުން ކާނިވަލުގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭންކޮށް ރެޖިސްޓަކޮށްލުމުން އޮޓޮމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ ލަކީ ޑްރޯގެ ނަސީބުވެރި ފަރާތް ހޮވަން ހަމަޖެހިފައިވަނީ ކާނިވަލުގެ ފަހު ދުވަސް ކަމަށްވާ އޮގަސްޓް މަހުގެ ތިންވަނަ ދުވަހު ކަމަށެވެ.

އުރީދޫން ބުނި ގޮތުގައި މިނިވަން އުފާ ކާނިވަލުގެ އެންމެ ބޮޑު އިނާމުގެ ނަސީބުވެރި އެއް ފަރާތަށް އުރީދޫން ދެ މީހުންގެ ހަތް ދުވަހުގެ ބާލީ ދަތުރުގައި ފްލައިޓް ޓިކެޓާއި ހަތަރު ތަރީގެ އެކޮމޮޑޭޝަންގެ އިތުރުން ބާލީގެ މަޝްހޫރު ޓުއަރިސްޓް ސްޕޮޓްތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައެވެ. އޭގެ ތެރޭގައި އުބުދުގައި ދެ ރޭ، ނޫސާ ޕެނިޑާގައި ދެ ރޭ އަދި ދެ ރޭ ސެމިނިއާކްގައި ހިމެނޭއިރު، އެ ތަންތަނުގައި ގައިޑަކާ އެކު ޓުއާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫން ބުނެފައިވަނީ ޓުއާގައި ހިމެނޭ ތަންތަނަށް ބަލާއިރު، ކޮފީ ފާމް ޕްލާންޓޭޝަނަށް ޒިޔާރަތްކުރުމާއި އަލޯހާ އުބުދު ސްވިންގް ބަލާލުމާއި އުބުދު ސެންޓަ އެކްސްޕްލޯކުރުމާއި ހިތްގައިމު އެންޖަލް ބިލަބޮންގް އާއި ބްރޯކެން ބީޗް ބަލާލުމާއި ހިތްގައިމު ކެލިންގްކިންގް ސީކްރެޓް ޕޮއިންޓާއި ކްރިސްޓަލް ބޭއަށް ޒިޔާރަތްކުރުމާއި އަޓޫ ބީޗަށް ޒިޔާރަތްކުރުމާއި ޓްރީ ހައުސްއަށް ޒިޔާރަތްކުރުމުގެ އިތުރުން ސެރިބޫ އައިލެންޑް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހަތް ދުވަހުގެ ބާލީ ދަތުރު ހޯދުމުގެ ފުރުސަތާ އެކު، މިނިވަން އުފާ ކާނިވަލުގައި ހުންނަ އުރީދޫ ނޭޝަން ސްޓޯލަށް ޒިޔާރަތްކުރުމަށް އުރީދޫ މޯލްޑިވްސްއިން އެންމެހާ ފަރާތްތަކަށް ދައުވަތުދެއެވެ. އުރީދޫ ނޭޝަން ސްޓޯލްގައި ގޭމު ކުޅޭ ފަރާތްތަކަށް ޝައުގުވެރި ވާނެފަދަ ކުޅިވަރުތަކެއް ފެނިގެންދާނެ ކަމަށާއި ބައިވެރިންނަށް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް