މިނިވަން އުފާ ކާނިވާ" ކުރިން ހުޅުވަން ރާވާފައި އޮތީ މިރޭ 8:30 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ.
އެ ކާނިވާ އޮތީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ހޯމް މިނިސްޓްރީން ބުނީ މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުތައް އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައިކަމަށެވެ. އާބަން ކޯގެ މި ނިންމުމާއެކު ފުޅަނދު ބުރުތައް ދައްކާލުމުގެ އިވެންޓު ވެސް ވަނީ ފަސްކުރެވިފައެވެ.
މާލޭގައި ބަލި ފެތުރެން މެދުވެރިވި ގޮތް ބެލުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންނަނީ ކުރަމުންނެވެ.
މާލެ ސަރަހައްދުގައި މިވަގުތު ވަރުގަދަ ރޯގާއެއް ފެތުރެމުންދާތީ ޑޮކްޓަރުން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފެއެވެ. އަދި ގިނަ ހޮސްޕިޓަލްތަކުގެ އީއާރު ވަނީ ފުރިފައެވެ.