މިރޭ ހަވާއަރުވަން ކުރިން ރާވާފައި އޮތީ 21:30 ގައި ކަމަށް ސިފައިން ބުނެއެވެ.
ރޭވެސް ވަނީ ހުޅުމާލޭގައި ހަވާ އަރުވާފައެވެ. މިރޭ ހަވާ އަރުވަން ރާވާފައި އޮތީ އަށް މިނެޓަށެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތައް މެދުނުކެނޑި މާލޭގައި އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު މިއަދު ބުނި ނަމަވެސް މިނިވަން އުފާ ކާނިވަލް ހުޅުވުން ފަސްކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ވެސް މިރޭ ވަނީ އިއުލާނު ކޮށްފައެވެ.
އާބަން ކޯއިން ވެސް ވަނީ ކާނިވާ ހުޅުވުން ފަސްކޮށްފައިވާކަން އިއުލާނުކޮށްފައެވެ. ދެން ކާނިވާ ހުޅުވާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެކަމަށް އާބަންކޯއިން ބުނެއެވެ.
"މިނިވަން އުފާ ކާނިވާ" ފަސް ކުރީ އެޗްޕީއޭގެ އެދުމުގެ މަތިންނެވެ.