މާނޭ، އަލް ނަސްރަށް ބަދަލުވިޔަސް، ރަސްމީކޮށް އަދި އެ ކްލަބަށް ސޮއި ނުކުރެއެވެ. އެކަމަކު މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯވަނީ މާނޭ އަލް ނަސްރަށް ބަދަލުވުމުގެ ކަންކަން ހަމަ ޖެހިފައިވާކަން އިއުލާންކޮށްފައެވެ.
އުމުރުން 33 އަހަރުގެ މާނޭ އަލް ނަސްރަށް ބަދަލުވަނީ 32 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ ނަސްރަށް ބަދަލުވަނީ ޖަރުމަނުގެ ބަޔާން މިއުނިކުންނެވެ.
ޖަރުމަނުގެ ބަޔާން މިއުނިކަށް މާނޭ ބަދަލުވީ ހަތް ސީޒަންގައި ލިވަޕޫލަށް ކުޅުމަށް ފަހުއެވެ. ލިވަޕޫލާ މާނޭ ގުޅުނީ ދެހާސް ސޯޅަވަނަ އަހަރުއެވެ. އޭނާވަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގާ ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ.
ޔުނައިޓެޑަށް ކުޅުނު އެލެކްސް ޓެލަސްވެސްވަނީ އަލް ނަސްރަށް ބަދަލުވެފައެވެ.