ads
ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ )ގެ ޑިރެކްޓާ ޖެނަރަލް މައިމޫނާ އަބޫބަކުރު
ބޭރަށްހިންގުން ފެތުރެނީ ވައިރަހެއްގެ ސަބަބުން: އެޗްޕީއޭ
ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް މާލެ ސަރަހައްދުގައި ކުއްލިއަކަށް އިތުރުވީ ވައިރަސްގެ ސަބަބަކުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކުއްލިއަކަށް ބަލި އިތުރުވީ ކާއެއްޗެއްގެ ސަބަބަކުން ކަމަށް ދެކެވޭ ވާހަކަތައް ވެސް އެޗްޕީއޭ އިން ވަނީ މިއަދު ބުންޏެވެ. 

އެ އިދާރާ އިން އެހެން ބުނީ، ކުޑަކުދިން ހޮޑުލައި ބޭރަށް ހިންގާތީ، ރެއިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮސްޕިޓަލްތަކަށް ގެންދާ ވަރު ކުއްލި ގޮތަކަށް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތުހުމަތު ކުރީ އެއީ މިނިވަން ދުވަހާ ގުޅުވައިގެން މާލޭގައި ރޭ ބޭއްވި ފުޅަނދުބުރުގައި ބެހި މެޓައެއް ކައިގެން ކުޑަކުދިންނަށް ދިމާވި ކަމެއް ގޮތުގައެވެ.

އެކަމާ ގުޅިގެން އެޗްޕީއޭ އިން މިހާރު ވަނީ ސާމްޕަލްތައް ނަގައި ޓެސްޓްތައް ހަދަން ފަށައިފައެވެ.

އޭގެ ފަހުން އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ، ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މިދިޔަ ދެ ހަފުތާގެ ތެރޭގައި ފެތުރޭ ވަރު އިތުރު ކަމަށާއި ނަމަވެސް ރެއިން ފެށިގެން ކުއްލިއަކަށް އާދަޔާ ހިލާފަށް ކޭސްތައް އިތުރުވެފައިވާ ކަމަށެވެ.

ނަމަވެސް ޕްލިމިނަރީ ރިޕޯޓުތަކާ ހަވާލާދީ، އެޗްޕީއޭ އިން ބުނީ، ހޮޑުލައި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވީ، ވައިރަހެއްގެ ސަބަބުން ކަމަށާއި އެއީ ވަކި ކާއެއްޗަކާ ގުޅިގެން ވީ ކަމެއް ނޫން ކަމަށެވެ.

ބަލި ކުއްލިއަކަށް އިތުރުވި ސަބަބުން ދެނެގަތުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އާންމުން އެ ކަމަށް ސަމާލުވެގެން ތިބުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރިއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުން މާލޭގައި ކުއްލި ގޮތަކަށް އިތުރުވުމުން، މިނިވަން ދުވަހާ ގުޅިގެން ސަރުކާރުން މިރެއަށް ރޭވި ހަރަކާތްތައް ވެސް ވަނީ ފަސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް