އޭނާގެ ހަށިގަނޑުގެ ބަރުދަނާއި ބެހޭ ގޮތުން ގިނަ ބަޔަކު ވާހަކަ ދެއްކި ނަމަވެސް އޭނާ ވަނީ ފާޑުކިޔާ މީހުންނަށް ބީރު ކަންފަތެއް ދީގެން އަމިއްލަ ޝަރުތުތަކުގައި ދިރިއުޅުން އުޅެން އިހްތިޔާރުކޮށްފައިކަމަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި ވަނީ ހާމަކޮށްފައެވެ.
ހިންދީ ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން އޭނާގެ ހަށިގަނޑާ މެދު އިތުބާރު މާބޮޑަށް ކުރެވޭކަމަށް ހުމާ ވަނީ ބުނެފައެވެ. ނަމަވެސް އޭނާގެ ބަރުދަނާއި ސިފައާ ގުޅޭ ގޮތުން ނެގެޓިވް ކޮމެންޓްތައް އަންނަން ފެށީ އެކްޓިން ފެށުމުންނެވެ.
މި ކޮމެންޓްތަކުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސާ މެދު ސުވާލު އުފެދި، ޑައިޓްކޮށް މާބޮޑަށް ކަސްރަތު ކުރަން ވެސް ފެށި ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެހެން މީހުން ރުއްސުމަށްޓަކައި އޭނާގެ ހަށިގަނޑު ބަދަލުކުރަން ނުޖެހޭކަން އެންމެ ފަހުން ހުމާ ގުރޭޝީއަށް ވިސްނުނެވެ.
އޭނާގެ ވާހަކައިން އެހެން އަންހެނުންނަށް ވެސް ހަށިގަނޑާމެދު ޕޮޒިޓިވްކޮށް ވިސްނުމަށް އޭނާއަކީ މިސާލަކަށް ވާނެކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.