ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް ފޭނުންނާއި ކްރިޓިކްސްގެ ފަރާތުން ވެސް ރަނގަޅު ރިވިއުތަކެއް ލިބެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފިލްމު ބެލި ގިނަ މީހުން ބުނެފައިވަނީ މި ފިލްމަކީ ރީތި އަދި ހިތްހަމަޖެހޭ ފިލްމެއް ކަމަށެވެ. މިހާ ރީތި ފިލްމެއް ހަދައިދިން ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރަށް ވަނީ ގިނަބަޔަކު ޝުކުރު އަދާކޮށްފައެވެ.
އެމީހުން ވަނީ ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ އެކްޓިންގެ އިތުރުން ފިލްމުގެ މިއުޒިކާއި ޑައިރެކްޝަނާއި ވާހަކައަށް ތައުރީފުކޮށްފައެވެ.
"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ރޮމޭންޓިކް ކޮމެޑީ-ޑްރާމާ ފިލްމެކެވެ. އެ ފިލްމަކީ ރޮކީ (ރަންވީރު ސިންގް) އާއި ރާނީ (އާލިއާ ބަޓް) ލޯބިވާގޮތް ކިޔައިދޭ ފިލްމެކެވެ. އެ ދެމީހުންނަކީ ވަރަށް ދުރު ހިސާބެއްގައި ދިރިއުޅޭ ދެ މީހުންނެވެ. ނަމަވެސް އެ ދެމީހުން ލޯބިވެއެވެ.
ފިލްމުގެ ސަޕޯޓިން ރޯލްތަކުގައި ދަރުމެންދްރާ، ޖަޔާ ބައްޗަން، ޝަބާނާ އަޒްމީ، އަދި އެހެނިހެން ތަރިން ވެސް ފެނިގެންދެއެވެ.
ތިރީގައި މިވަނީ ސޯޝަލް މީޑިއާގައި ފިލްމު ބެލި މީހުންގެ ބައެއް ރިއެކްޝަންތަކެވެ.