ads
މިރޭގެ ޖަލްސާގައި އުމަރު ވާހަކަ ދައްކަވަނީ
އުމަރު ނަސީރު އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ސޮއި ހަމަކޮށްފި
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލެއްވުމަށް ބޭނުންވާ ސޮއި ހަމަކޮށްފިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ހުޅުވާލާފައެވެ. އެ އިއުލާނުގައިވާގޮތުން އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ތާއިދު އޮތްކަން ހާމަ ކުރުމުގެ ގޮތުން ހުހަހަޅާ 1،500 މީހުންގެ ސޮޔާއި މައުލޫމާތު ހިމެނޭ ލިޔުމެއް ލާން ޖެހެއެވެ.

މިކަން އިއުލާނުކޮށް ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ފޭސްބުކް ލައިވެއްގައި އުމަރު ވިދާޅުވީ އޭނާއަށް ތާއިދުކޮށް 2000 މީހުން ސޮއިކޮށްފައިވާ ކަމަށެވެ.

މި ކެމްޕެއިނަކީ ރައީސުލްޖުމްހޫރިއްޔާ އަށް ހުންނެވި ބޭފުޅަކު ބަދަލުކުރުމަށް ހިންގާ ކެމްޕެއިނެއް ނޫން. މިއީ މި ގައުމުގެ މިސްރާބު ބަދަލުކުރަން ހިންގާ ކެމްޕެއިނެއް،" އުމަރު

އުމަރު ވިދާޅުވީ، އޭނާއަށް ސޮއި ދޭން ވަރަށް ގިނަބަޔަކު މެސެޖްކޮށް ގުޅާވެސް ހެދި ކަމަށެވެ. އަދި މި ކެމްޕެއިން ކާމިޔާބު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ ކެމްޕެއިނަކަށްވުރެ ބޮޑަށް ހަަރަކާތެކޭ، މިއީ މޫވްމެންޓަކަށް ބަދަލުވެއްޖެ، ވަރަށް ގިނަ އަދަދެއްގެ އާއްމުން މީގައި ބައިވެރިވެ މި ހުދު ވަލުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހިފައިފި، ހިފައިގެން ކޮންމެ ބަޔަކުވެސް އެ ބަޔަކަށް ކުރެވޭ މަސައްކަތެއް ކުރަމުން މި ދަނީ." އުމަރު ވިދާޅުވިއެވެ.

އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އަށް ހުންނެވި ބޭފުޅަކު ބަދަލު ކުރުމަށް ހިންގާ ކެމްޕެއިނެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ. މިއީ މި ގައުމުގެ މިސްރާބު ބަދަލު ކުރަން ހިންގާ ކެމްޕެއިނެއް ކަމަށް އުމަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް