މިނިސްޓރީ އޮފް ޑިފެންސްގައި ބޭއްވެވި މި ބައްދަލުކުރެވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ރަޝިޔާއާ ދެމެދުއޮތް ގުުޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އަދި ރާއްޖެ އާއި ރަޝިޔާ އާއި ދެގައުމުގެ ދެމެދުގަައިވާ ގުޅުން ބަދަހި ކުރުމަށް ކުރެވެން ހުރި މަސައްކަތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ރަޝިޔާ ސަފީރު ވަނީ ފޮރިން މިނިސްޓަރު ޝާހިދާއި ވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރަޝިޔާގެ ރައީސް ވްލަޑިމިޔާ ޕޫޓިންގެ ފަރާތްޕުޅުން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރިސް ކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.