
އިލްޔާސް މިހެން ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ޒުވާނުން ނުކުންނަތަން ފެންނަ ކަމަށާއި، އެހެންކަމުން ޑިމޮކްރެޓްސް އިން ބޭނުންވަނީ އެމީހުންނާއި އެކު ޒުވާން ލީޑާ ޝިޕެއް ދެއްކުމަށް ކަމަށެވެ.
އިލްޔާސް މިހެންވިދާޅުވީ ހުކުރު ދުވަހު ޑިމޮކްރެޓްސް ހަރުގޭގައި އެޕާޓީގެ ރިޔާސީ ޕްރައިމެރީގެ ވޯޓް ލެއްވުން ކުރިއަށް ދިޔަ ވަގުތު ވޯޓް ލެއްވުމަށް ވަޑައިގެން، ވޯޓް ލެއްވުމަށްފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.
އިލްޔާސް ފާހަގަކުރެއްވީ ގައުމު ތައްރައްގީ ކުރުމުގައި، އަންހެނުން ކުރާ މަސައްކަތް ވެސް އެހެން ސުޓޭޖަކަށް ގެންދަން ޖެހޭ ކަމަށާއި، އެގޮތުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ލަފަޔާއެކު އެކަން އެހެންގޮތަކަށް ބައްޓަން ކުރާނެ ކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ތަރައްގީއާއި ރާއްޖެއަށް ބޭނުންވާ މިނިވަންކަން ހޯދައިދެވޭނީ ހަމައެކަނި ޑިމޮކްރެސް އަށް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ހުކުރު ދުވަހު ޑިމޮކްރެޓްސް އިން ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ކުރިމަތިލެއްވީ ވެސް އިލްޔާސް އެކަންޏެވެ. ޕްރައިމަރީ ކާމިޔާބު ކުރަން ބޭނުންވަނީ 10 ޕަސަންޓު ވޯޓް، ނަމަވެސް އިލްޔާސް ވަނީ ވޯޓުލީ މީހުންގެ 94.8 ޕަސަންޓު ކާމިޔާބުކުރައްވާފައެވެ.