ads
ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ )ގެ ޑިރެކްޓާ ޖެނަރަލް މައިމޫނާ އަބޫބަކުރު
މީހުން ގިނައިން އެއްވާ ތަންތަނުގައި ހަލުވިކަމާއެކު ރޯގާ ފެތުރޭ: އެޗްޕީއޭ
މިހާރު މާލޭގައި ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިނގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށާއި މިއީ ހަލުވި ކަމާއި އެކު ފެތުރޭ ވައިރަސްއެއް ކަމަށާއި ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އިއްޔެއިން ފެށިގެން މާލޭ ސަރަހައްދުގައި ހޮޑުލެވޭ ކުޑަކުދިންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ވަނީ ވަރަށް ބާރުބޮޑުވެފައެވެ. 

އެއާއި އެކީ އިއްޔެ އެޗްޕީއޭއިން ބުނީ، އެކަން މެދުވެރިވެފައިވަނީ ވައިރަސްއެއްގެ ސަބަބުން ކަމަށާއި އެއީ ކާއެއްޗެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ.

ވައިރަސްއެއްގެ ސަބަބުން ކަމަށް އެޗްޕީއޭއިން އިއްޔެ ބުނީ ނަމަވެސް އޭރު އެއީ ކޮން ކަހަލަ ވައިރަސް އަކާއި ގުޅިގެން ދިމާވި ކަމެއް ކަމަށް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ. 

ނަމަވެސް އެޗްޕީއޭއިން މިއަދު ވަނީ ވައިރަހުގެ މައުލޫމާތު ވެސް ދީފައެވެ. 

މާލެ ސަރަހައްދުގައި ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކަށް ވަނީ ހޮޑު ރޯގާއެއް ޖެހިފައެވެ. މިއާއި އެކީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ހަލުވި ކަމާއި އެކީ ބަލި ފެތުރޭތީ ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން އެފަދައިން އިލްތިމާސް ކުރުމާއި އެކީ އިއްޔެ ހަވީރުގެ ވަގުތެއްގައި ހޯމް މިނިސްޓްރީން ވަނީ މިނިވަން އުފާ ކާނިވާ ފަސް ކުރަން ނިންމައި އެކަން އިއުލާން ކޮށްފައެވެ. އަދި އެކަން ކޮށްފައިވަނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

ނަމަވެސް މިއަދު އަލުން ހަވާއެރުވުމާއި، ކާނިވާވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް