ads
ޔުވެންޓަސްގެ ބައެއް ކުޅުންތެރިން
ޔޫރަޕުގެ މުބާރާތްތަކުން ޔުވެންޓަސް ސަސްޕެންޑްކޮށްފި
ޔުއެފާގެ މުބާރާތްތަކުން އިޓަލީގެ ގަދަ ބާރު, ޔުވެންޓަސް ބޭރުކޮށްފިއެވެ.
Advertisement

އިޓަލީގެ ޔުވެންޓަސް އަންނަ ސީޒަންގައި ޔޫރަޕުގެ މުބާރާތަކަށް ކުޅެން އޮތީ ޔޫއެފާ ކޮންފަރެންސް ލީގެވެ. އެއީ ޔޫރަޕްގެ ކްލަބުތަކުގެ މެދުގައި ކުޅެވޭ ތިންވަނަ ރޭންކްގެ މުބާރާތެވެ. 

ޔުއެފާއިން, ޔޫރަޕްގެ މުބާރާތްތަކުން ޔުވެންޓަސް ބޭރުކޮށްފައިވަނީ ފައިނޭންޝަލް ފެއާ ޕްލޭ ރޫލާ ހިލާފުވެގެންނެވެ. އެއީ 2012 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ކްލަބުން ހިންގާފައިވާ މާލީ މުއާމަލާތްތަކުގެ މައްސަލަތައް ބެލުމަށް ފަހު ޔުއެފާއިން އެޅި ފިޔަވަޅެކެވެ. ޔޫރަޕުގެ މުބާރާތްތަކުން ޔުވެންޓަސް ބޭރު ކުރުމުގެ އިތުރުން 17 މިލިއަން ޕައުންޑުން އެ ޓީމު ޖޫރިމަނާކުރަންވެސް ޔުއެފާއިންވަނީ ނިންމާފައެވެ. 

ޔުވެންޓަސްގެ އިތުރުން އިގިރޭސި ގަދަ ބާރު ޗެލްސީއާ ދެކޮޅަށްވެސް ޔުއެފާއިންވަނީ ފިޔަވަޅު އަޅާފައެވެ. އެހެންނަމަވެސް އަންނަ ސީޒަންގައި ޔޫރަޕުގެ މުބާރާތެއްގައި ކުޅެން ޗެލްސީ ކޮލިފައިނުވާތީ އެ ޓީމަށް ހަމަ އެކަނި އައިސްފައިވަނީ ޖޫރިމަނާގެ އަދަބެކެވެ. ޗެލްސީ ޖޫރިމަނާކޮށްފައިވަނީ ގާތްގަނޑަކަށް ނުވަ މިލިއަން ޕައުންޑުންނެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް