ގއ. ވިލިގިލީގައި ރޭޕް ކޮށްފައިވާ ޒުވާނާ އަކީ އެ އަތޮޅު ކޮލަމާފުއްޓަށް ނިސްބަތްވާ ޒުވާނެވެ. ކޮލަމާފުށީ މީހަކު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ބުނީ އެ ޒުވާނާ އަކީ ފާމަސީގައި މަސައްކަތް ކުރާ ޒުވާނެއް ކަމަށެވެ.
ރޭގަ ފިހާރައެއްގެ ތެރޭގައި އަންހެން ކުއްޖާ ހުއްޓާ ފޯނަށް ފޯނެއް އައި ކަމަށާއި، ގުޅީ އަންހެން ކުއްޖާގެ ރައްޓެއްސެއް ކަމަށެވެ.
އަންހެން ކުއްޖާ ފިހާރައަށް ނުކުތުމުން ގުރޫޕަކުން އައިސް ރޭޕް ކުރި ކަމަށާއި، ލައިގެން ހުރި ހެނދުމާއި އެއްޗެހިވެސް ތިބީ ވިނަގަނޑުގެ ތޭރެއަށް އެއްލާލަފައި ކަމަށްވެސް އެމީހާ ބުންޏެވެ.
މި ކަމާއި ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށާއި، އެ މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.