ads
ކްލަބު ވެލެންސިޔާ
ވެލެންސިޔާއަށް މެޗަށް 11 ކުޅުންތެރިން ހަމަ ނުކުރެވުނު
ދިވެހި ލީގުގައި ވެލެންސިޔާއާ މާޒިޔާ މިއަދު ހަވީރު ކުޅެން އޮތް މެޗަށް، ވެލެންސިޔާއަށް 11 ކުޅުންތެރިން ހަމަ ނުކުރެވިގެން މާޒިޔާއަށް ނުކުޅެ މެޗު ލިބިއްޖެއެވެ.

މިއަދު ހަވީރު ކުޅެން އޮތް މެޗަށް ކްލަބް ވެލެންސިއާ ވަނީ ދަނޑަށް ހާޒިރުވެފަ އެވެ. އެހެންނަމަވެސް މެޗު ފެށުމަށް ބޭނުންވާ 11 ކުޅުންތެރިން ވެލެންސިޔާއަށް ހަމަ ނުކުރެވުނު ކަމަށް އެ ކްލަބުން ބުންޏެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ)، މީޑިއާ އަށް ދިން މައުލޫމާތުގައި ވިދާޅުވެފައިވަނީ، ދަނޑަށް ވެލެންސިއާ އިން ހާޒިރުވި ނަމަވެސް އެ ޓީމުން އަންގާފައިވަނީ މި ވަގުތު މާލެ ސަރަހައްދުގައި ފެތުރެމުންދާ ރޯގާގެ އަސަރު ޓީމަށް ކޮށްފައިވާ ކަމަށެވެ.

ވެލެންސިއާއިން ބުނީ މެޗަށް 11 ކުޅުންތެރިން ހަމަކުރެވޭގޮތްނުވީ މާލޭގައި ފެތުރެމުން އަންނަ ރޯގާގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ބަލިވުމުން ކަމަށެވެ. މި ވަގުތަކީ ހަލުވިކަމާ އެކު ރޯގާ ފެތުރެމުންދާ ދަނޑިވަޅަކަށްވާތީވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް މީހުން އެއްވެ، އުޅޭ ގޮތަށް ހަރަކާތްތައް މަދުކުރަން އަންގާފައިވާ ވަގުތަކަށް ވާތީ، ވެލެންސިއާ އިން މި މެޗު ފަސްކުރަން ވެސް އެފްއޭއެމްގައި އެދިފައިވާނެ ކަމަށް ވެލެންސިއާގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މި މެޗުގެ ތިން ޕޮއިންޓާ އެކު މާޒިޔާ އެއް ވަނައިގައި އޮތީ، ހަ މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. ލީގު ތާވަލު ފުލުގައި ވެލެންސިއާ އޮތީ ހަ މެޗުން ޕޮއިންޓެއް ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް