މި ދަތުރުފުޅުގެ ތެރެއިން އިލްޔާސްގެ ކެމްޕެއިން ޖަލްސާއެއް އައްޑޫސިޓީ ހުޅުދޫގައި މާދަމާ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން ކެމްޕޭނަށް އައްޑޫގައި ޑޯޓުޑޯ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓިން ބުނެއެވެ.
އައްޑޫ ސިޓީއަށް ޑިމޮކްރެޓްސްއިން ކުރާ ދަތުރަކީ ރަސްމީކޮށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި އެކު ކުރާ ފުރަތަމަ ދަތުރުކަން ފާހަގަކޮށްލެވެއެވެ.
އިލްޔާސް ލަބީބު ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު ކަށަވަރުކުރެއްވީ އިއްޔެ ކުރިޔަށް ގެންދިޔަ އެޕާޓީގެ އެތެރޭގެ އިންތިހާބުގައެވެ.
ޕްރައިމަރީއަށް ކުރިމަތިލެއްވި އިލްޔާސް ލަބީބު އެކަނި ކަމުން ވޯޓު ކުރިޔަށް ގެންގޮސްފައިވަނީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައި އެވެ. މި ވޯޓު އިލްޔާސް ކާމިޔާބު ކުރެއްވީ 94 ޕަސެންޓު ވޯޓާއި އެކުގައިއެވެ.