ads
ރައީސް މައުމޫން
މައުމޫނާ ދެކޮޅަށް އެމްޓީސީސީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ރައީސް މައުމޫނާ ދެކޮޅަށް އެމްޓީސީސީން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
Advertisement

މިއީ، މިހާރު އުވާލާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަނި، ރައީސް މައުމޫން އަބްދުލްގައްޔޫމް ދައްކަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު މައްސަލައެވެ.

ޑީއާރުޕީގެ ދަރަނި ރައީސް މައުމޫން ދައްކަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ސިވިލް ކޯޓުން މިދިޔަ ޖޫން މަހު ކުރީކޮޅު ހުކުމް ކުރީ، 2010 ވަނަ އަހަރު، ޑީއާރުޕީން އެމްޓީސީސީއަށް ފައިސާ ދައްކަން ހުކުމްކޮށްފައިވާ މައްސަލައަކާ ގުޅިގެން، ހުކުމާ އެއް ގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ، އެ މައްސަލައިގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ސިވިލް ކޯޓުން ބެލި މައްސަލައެއްގައެވެ. މި މައްސަލަ އެމްޓީސީސީން ހައިކޯޓަށް ހުށަހަޅާފައިވާއިރު، ހައިކޯޓުން މި މައްސަލަ ބޭރުކޮށްލީ އިސްތިއުނާފީ މުއްދަތު ހަމަވީ ފަހުން ހުށަހަޅާފައިވާތީއެވެ.

2010 ވަނަ އަހަރު ކޮށްފައިވާ އެ ހުކުމުގައި ޑީއާރުޕީގެ މައްޗަށް އަމުރުކޮށްފައިވަނީ އެމްޓީސީސީން ހޯދާފައިވާ ހިދުމަތްތަކުގެ އަގަށްވާ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާށެވެ. އެކި ފަހަރު މަތިން އެ ފައިސާ ދައްކަން ފުރުސަތު ދެވުނު އިރުވެސް އެ ފައިސާ ދައްކާފައި ނުވާކަން ކޯޓުގެ ހުކުމުން އެނގެއެވެ. ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި ޑީއާރުޕީގެ ބޭންކް އެކައުންޓުގައި އެންމެ 3000 ރުފިޔާވެސް އޭރު ނެތެވެ.

މި މައްސަލައާ ގުޅިގެން ޑީއާރުޕީގެ ފައިސާ ދެއްކުމަށް ސިޔާސީ ޕާޓީގެ ގަވާއިދާ ހަވާލާދީ ރައީސް މައުމޫނަށް އަންގާފައިވަނީ އެ ދަރަނި އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތުގެ ގޮތުގައި ރައީސް މައުމޫން ހުންނެވުމުންނެވެ. އެހެންނަމަވެސް ސީދާ ރައީސް މައުމޫން އެ ފައިސާ ދައްކަވަން ޖެހޭ ކަމަށް އަމުރެއް ނެތުމުން، ރައީސް މައުމޫންގެ ފަރާތުން އެ ފައިސާ ދައްކަން އިންކާރު ކުރެއްވިކަން ސިވިލް ކޯޓުގެ ހުކުމުން އެނގެއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސް އިއްވި ހުކުމުގައި ބުނެފައިވަނީ، އެމްޓީސީސީއަށް ދައްކަން ޖެހޭ ފައިސާ ރައީސް މައުމޫން ދެއްކުމަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ.

57%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް