ads
ބައްތެއްޔެއް/ފޮޓޯ ގޫގަލް
ތާރީހު: އިންޖީނުލީ މަސް ދޯންޏެއް ދިވެހި ކަނޑަށް ބޭލިތާ މިއަދަށް ބައި ގަރުނު
ރާއްޖެއަށް ކުރިމަތިވި ބޮޑެތި ހާދިސާތަކާއި، ބޮޑެތި ބައެއް ކަންތައްތައް ކޮންމެވެސް ވަރަކަށް ތާރީހުން ފެންނަން ހުރުމަކީ ތާރީހަށްޓަކާއި ކުރެވިފައިވާ މުހިންމު ކަންތައްތަކެވެ. ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހެކެވެ. އެދުވަހެއްގައި ހިގާ ކަންތައް ތާރީހުން ފެންނަން ހުންނަން ޖެހެއެވެ. އެކި ދުވަސްތަކުގައި ތާފަތު ކަންތައްތައް ކުރެވިފައިވާއިރު، ތާރީހުގެ ތެރެއަށް ވަދެފިފައިވަނީ މަދު މިންވަރެކެވެ.
Advertisement

އެގޮތުން 30 ޖުލައި އަކީ ތާރީހުން ފާހަގަ ކޮށްލެވޭ ދުވަހެކެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ބަތްތެލި އިންޖީނުލީ މަސްބޯޓެއް ބޭލުނު ދުވަހެވެ. އެއީ 1964 ވަނަ އަހަރެވެ. ތާރިހުން އެދުވަސް ފާހަކަކޮށްލެވިފައިވޭއިރު، ބައްތެއްޔެއް ކަނޑަށް ނެރުނުތާ 59 އަހަރު މި ވަނީ ވެފައެވެ.

ދިވެހިން އޮޑިދޯނިފަހަރު ގެންގުޅުނުގޮތާއި އެއޮޑިތަކަށް ދިވެހިން ހޭނުނުގޮތަށް ބަލާލަމާ ހިނގާށެވެ.

ގަދީމީ ތާރީހެއް އޮތް މި ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިންނަކީ ދެކުނު އިންޑިޔާ މީހުންނާއި ތަމަޅައިންނާއި، ސިންގަޅައިންނެވެ. އޭރުއްސުރެ މިއަދާ ހަމަޔަށް އައި އިރުވެސް ދިވެހިންނަކީ ކަނޑުގެ ރޯއްޖަށް ބަރޯސާވާ ބައެކެވެ. މިއަދުވެސް ރާއްޖޭގައި ގިނައީ ކަނޑުގެ ރޯދިން ކައިބޮއެ އުޅޭ މީހުންނެވެ.

އެހެންކަމުން އެކި ޒަމާންތަކުގައި އެކި އުޅަދުފަހަރުތަކުގައި ކަނޑަށް ނުކުމެ ދިވެހިން ދިޔައީ މަސްވެރިކަން ކުރަމުންނެވެ. އަވައްޓެރި ސިލޯނަށާއި، އިންޑިޔާއަށް ދިވެހިން ވަނީ ދަތުރުފަތުރު ކޮށްފައެވެ. ވިޔަފާރީގެ ބޭނުމުގަޔާއި އެހެނިހެން ކަންކަމުގައިއެވެ.

އެފަދަ ދަތުރުތައް ދިވެހިން ކޮށް އުޅުނީ ވަރަށްވެސް ހާލުގައެވެ. ރިޔާނެގި ބޮއްކުރާ އާއި، ބޮޑެތި ބައްތެލި ތަކުގައެވެ. މުސްކުޅިން ބުނެ އުޅެއެވެ. ސިލޯނަށާއި، ކޮޅުބަށް ކުރާ ދަތުރުގެ ގާތްގަޑަކަށް ދޮޅުމަހާއި ތިންމަސް ހޭދަވާ ކަމަށެވެ.

ނަމަވެސް މިހާރު މިވަނި ޒަމާން ބަދަލުވެފައެވެ. ބޮއްކުރައެއް ރިޔަލެއް މިއީ މާޒީ އަށް ވެއްޖެއެވެ. އެހަދާނެއް މިހާރު ދިވެހިންނެއްނެތެވެ. އޭރު ވަޔަށް ބަލައިގެން ދުއްވި ދުއްވުންވެސް ވެސް މިހާރު ހަދާނެއް ނެތެވެ. ފެށީ ބޮއްކުރާ އާއި ބައްތެލިންނެވެ. 

މިހާރު ބޮޑެތި ނާފަހަރާއި ޔޮޓްތަކާއި، ބޯޓްތައްވެސް އެކި ވައްތަރުތަކުގައެވެ. ނަންކިޔާލަން ނޭނގޭހާ ގިނައަދަދަކަށެވެ.

ދުނިޔޭގެ ބޮޑެތި ކަނޑުތަކުގައި ދުއްވާ އުޅަނދުފަހަރު ވެސް ރާއްޖޭގެ ކަނޑުތަކުގައި ދުއްވަނީ ދިވެހި މާލިމީންނެވެ. އިންޖީނުލީ މަސްބޯޓެއް ދިވެހި ކަނޑަށް ބޭލުނުތާ ބައިގަރުނުވެފައިވާއިރު، ރާއްޖޭގެ ކޮންމެ ރަށެއްގެ ބަދަރުތައް މިހާރު އޮތީ ބިޔަ ބޮޑެތި ނާލު ބައްތެލި ފަހަރާއި އޮޑިދޯނި ފަހަރާއި މުދާ އުފުލާ ބޯޓުތަކާއި، ސްޕީޑް ލޯންޗް ތަކުން ބަދަރު ތައް އެއްކޮށް ފުރާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް