ads
މޫނު ބުރުގާގެ ދިފާއުގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން
މޫނު ބުރުގާގެ ދިފާއުގައި ގިނަ ރަށްރަށުގައި މުޒާހަރާ ކޮށްފި
މޫނު ބުރުގާގެ ދިފާއުގައި ރާއްޖޭގެ ގިނަ ރަށްރަށުގައި މުޒާހަރާކޮށްފިއެވެ.
Advertisement

މި މުޒާހަރާއަކީ މޫނު ނިވާކޮށްގެން ކިޔަވައި ނުދެވޭގޮތަށް ޓީޗަރުންގެ ސުލޫކީ މިންގަނޑު އެކުލަވާލުމާއި ގުޅިގެން މޫނުބުރުގާ އެޅި މީހުންނަށް ކިޔަވައި ނުދެވޭކަމަށް ބުނެ ކުރި އިހުތިޖާޖެކެވެ. 

މުޒާހަރާއަށް ގޮވާލާފައިވަނީ 'އައި ސްޓޭންޑް ވިތް ނިގާބް' ނަމުގައި ހިންގަމުން އަންނަ ފޭސްބުކް ޕޭޖަކުންނެވެ. 

މުޒާހަރާ ފަށާފައިވަނީ މިއަދު 4:15 ގައެވެ. މުޒާހަރާ ކުރާނެ ކަމަށް އެންމެ ފުރަތަމަ ބުނީ މާލޭގައެވެ. ނަމަވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން ވަނީ މުޒާހަރާގައި ބައިވެރި ސޯޝަލް މީޑިއާއަށް ފޮޓޯ ލާފައެވެ. 

"މުސްލިމު އުހުތުންގެ ދިފާއުގައި. މޫނު ބުރުގާގެ ދިފާއުގައި. ލާދީނިއްޔަތާ ދެކޮޅަށް،" މުޒަހަރާއަށް ގޮވާލައި ފޭސްބުކްގައި ދައުރުކުރި ޕޯސްޓުތަކުގައި ބުނެފައިވެެއެވެ.

މޫނު ބުރުގާއެޅުން މަނާކުރުމަކީ ދީނީ އަދި ގާނޫނީ ކުށެއް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ. 

ޑރ އިޔާޒް މިހެން ވިދާޅުވީ ހޯމަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި ސުލޫކީ މިންގަނަޑުގައި މޫނު ބުރުގާ އެޅުން މަނާވާފަދަ ކަންތައްތަކެއް ހުރުމުންނެވެ. 

އެ މިންގަނޑުގައި ބުނެފައި ވަނީ "އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު އަދި ދަރިވަރުންނާ މުއާމަލާތް ކުރާއިރު ހުންނަންވާނ،ީ ތިމާއަކީ ކާކުކަން އެނގޭ ގޮތަކަށް" ކަމަށެވެ.

އެ އުސޫލުގެ މަގްސަދަކީ މުުދައްރިސުންގެ ފަންނީ އަހުލާގީ އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާއެކ،ު ޒަމާނުއްސުރެ ދިވެހި މުޖުތަމަޢުގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމު އިތުރުކޮށް ދެމެހެއްޓުން ކަމަށް ބުނެފައި ވެއެވެ.

"އިސްލާމީ މިންގަނޑުން ހެދުން އެޅުމަކީ ކޮންމެ ދިވެއްސަކަށް ޝަރްޢީ އަދި ޤާނޫނީ ގޮތުން ލިބިދީފައިވާ ޙައްޤެއް. އެހެންކަމުން، ބަޔަކު މީހުން ހަދާ ޤަވާޢިދެއްގައި މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނައެއް ނުކުރެވޭނެ. މަނާކުރާމީހާ އެކުރަނީ ދީނީގޮތުންނާއި ޤާނޫނީ ގޮތުން ކުށެއް،" ޑރ. އިޔާޒް ވިދާޅުވިއެވެ.
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް