ads
ދުނިޔެ ކެކޭތަން ދައްކުވައިދޭ ކުރެހުމެއް
ދުނިޔެ ހޫނުވެ ކެކެން ފަށައިފި: އދ ގެ ސެކެރެޓަރީ ޖެނެރަލް
ދުނިޔެ ހޫނުވެ ކެކެން ފަށާފައިވާކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ.
Advertisement

އޭނާ ވިދާޅުވީ ކަނޑުތަކުގެ ހޫނު މިން މިވަގުތުހުރީ ދުނިޔޭގެ ތާރީހުގައި މިހާތަނަށް ރެކޯޑްކުރެވިފައިވާ އެންމެ މަތީ ފިނިހޫނުމިނުގައި ކަމަށެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރިކަން އިތުރުވަމުންދާ ކަމުގެ ނިޝާނަކަށް ވާތީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އދ އިން ދެކޭގޮތުން ރާއްޖެ ފަދަ ޖަޒީރާ އަދި ތިރި ރަށްތައް އެކުލެވޭ ގައުމުތަކަށް މިކަމުގެ ނުރައްކާ ވަރަށް ބޮޑެވެ. 

މިކަމަށް އަޅާނުލައިފި ނަމަ ކުރިއަށް އޮތް 50 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގައި ހުރި ތިރި ޖަޒީރާ ރަށްތައް އަޑިއަށް ގޮސްދާނެކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. 

your imageއދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެފައި ވަނީ "ދުނިޔޭ ކެކެން ފަށާފައިވާ ޒަމާނެއްް އައިސްފައިވާ" ކަމެވެ. 

އޭނާ ވަނީ ގްރީން ހައުސް ގޭސް ދޫކުރުން މަދުކުރުމަށް ފިޔަވަޅު ނާޅައިފިނަމަ ކަނޑުތައް ހޫނުވަމުންދާނެ ކަމަށާއި، އޭގެ ސަބަބުން ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ މީހުންނާއި ކަނޑުގެ ދިރުންތަކަށް ގެއްލުން ބޮޑުވާނެ ކަމަށް އިންޒާރު ދެއްވާފައެވެ.

ދުނިޔެ ކައްކާތީ އދ އިން ދީފައިވާ އިންޒާރަކީ ހޭލުންތެރިވާންޖެހޭކަމެކެވެ. ގްރީންހައުސް ގޭސް ބޭރުވުން މަދުކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށް ފިޔަވަޅު އަޅަންޖެހެއެވެ. އެކަން ނުކޮށްފިނަމަ އޭގެ ނަތީޖާ ބޮޑު މުސީބާތަކަށްވެދާނެއެވެ.

48%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް