ads
ނައިބު ރައީސް ފައިސަލް އަދި ރައީސް ޞާލިހު
ފުވައްމުލަކުން ރައީސް އަށް މަރުހަބާ ދަންނަވަން ނައިބު ރައީސް
ފުވައްމުލަކު ސިޓީއަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަޑައިގަންނަވާއިރު، އެމަނިކުފަނަށް މަރުހަބާ ދަންނަވަން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފުވައްމުލަކަށް ވަޑާއިގެންފިއެވެ.

ނައިބު ރައީސް ފައިސަލް ނިސްބަތްވެ ވަޑައިފަންނަވީ ފުވައްމުލަކަށްކަމަށް އެރަށު މީހުން ގަބޫލުކުރެއެވެ. ނައިބު ރައީސްގެ އާއިލާވެސް އެ ރަށުގައި އޮވެއެވެ. 

ރައީސް ފުވައްމުލަކަށް ވަޑައިގަންނަވާ ޖަލްސާގައި ރަނިންމޭޓަކު އިއުލާނުކުރާނެކަމަށްވެސް ވަނީ އަޑު ފެތުރިފައެވެ. ނަަމަވެސް ސީއެންއެމްއިން ގުޅުމުން އެމްޑީޕީން ވަނީ އެހަބަރު ދޮގުކޮށްފައެވެ. 

ރައީސް އެންމެ ފުރަތަމަ ފުވައްމުލަކަށް ވަޑައިގަންނަވަން ނިންމެވީ ހުކުރު ދުވަހުއެވެ. ނަމަވެސް އެ ދަތުރު ކުއްލިއަކަށް ފަސްކުރެއްވިއެވެ. 

ބެލެވޭ ގޮތުގައި ރައީސް ދަތުރު ފަސްކުރެއްވީ މާލޭގައި ނޮރޯނާ ވައިރަސްގެ ސަބަބުން ފެތުރެމުން އަންނަ ބަލިމަޑުކަމުގެ ސަބަބުން މިނިވަން އުފާ ކާނިވަލް ހުޅުވުން ލަސްވުމާ ގުޅިގެންނެވެ. އެ ކާނިވާ ރައީސް ވަނީ ރޭ ހުޅުވައިދެއްވާފައެވެ. 

ފުވައްމުލަކީ ރައީސް ކެމްޕޭނުގައި ވަޑައިގަންނަވާ ހަތަރުވަނަ އަތޮޅެވެ. މީގެ ކުރިން ރައީސް ވަނީ ށ، ހއ އަދި ހދ އަށް ވަޑައިގެން ކެންޕޭނު ކުރައްވާފައެވެ. 

ރައީސް ފުވައްމުލަކަށް ވަޑައިގަންނަވީ ދެ ދުވަހުގެ ދަތުރުފުޅަކަށެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް