ads
ގއ.ވިލިގިލި
ވިލިގިލީ ރޭޕްކޭސް އަށް 24 ގަޑިއިރު ވީއިރު ވެސް މީހަކު ހައްޔަރުނުކުރޭ
އިއްޔެ ގއ ވިލިގިލީގައި 22 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލިގިލީގައި ރޭޕް ކޮށްފައިވާ ޒުވާނާ އަކީ އެ އަތޮޅު ކޮލަމާފުއްޓަށް ނިސްބަތްވާ ޒުވާނެވެ. ކޮލަމާފުށީ މީހަކު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ބުނީ އެ ޒުވާނާ އަކީ ފާމަސީގައި މަސައްކަތް ކުރާ ޒުވާނެއް ކަމަށެވެ.

އެރަށަށް ދިޔައީ އޮޑިޓް ކަމެއްގައި. އެ މަސައްކަތް ނިމުމާއި ގާތްވެފައިވަނިކޮށް، އަންހެން ކުއްޖާ ހުރި ގޭގެ މީހުން ކޮލަމާފުއްޓަށް ދިޔައީ. ދެން އެކުއްޖާ އެކަނި ހުރީ ގޭގައި. " އެމީހާ ބުންޏެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. 

"މައްސަލަ އާއި ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ،" -ފުލުހުން-

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިހާރައެއްގެ ތެރޭގައި އަންހެން ކުއްޖާ ހުއްޓާ ފޯނެއް އައި ކަމަށާއި، ގުޅީ އަންހެން ކުއްޖާގެ ރައްޓެއްސެއް ކަމަށެވެ.

އަންހެން ކުއްޖާ ފިހާރައަށް ނުކުތުމުން ގުރޫޕަކުން އައިސް ރޭޕް ކުރި ކަމަށާއި، ލައިގެން ހުރި ހެނދުމާއި އެއްޗެހިވެސް އޮތީ ވިނަގަނޑުގެ ތޭރެއަށް އެއްލާލަފައި ކަމަށްވެސް ސީއެންއެމްއަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް