ads
އެނަމާ ބޯޓު ހާދިސާގައި މަރުވީ މީހުން---
މުޅި ގައުމު ރޮއްވާލި އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާއަށް 16 އަހަރު!
ދެހާސް ހަތަރު ވަނަ އަހަރުގެ މާޗް މަހުގެ 17 ވީ ބުދަ ދުވަހު މުޅިގައުމަށް ލިބިގެން ދިޔައީ ހިތާމައިން ފުރިގެންވާ ހަބަރެކެވެ. ގއ.ވިލިނގިލިން ފުރައިގެން އެއަތޮޅު ތިނަދޫއަށް 122 މީހުންނާއެކު ދަތުރު ކުރި އެބޯޓު ބަންޑުން ޖަހާލިއިރު އެހާދިސާގައި 24 މީހުން ވަނީ މަރުވެފައެވެ.

މީގެ 17 އަހަރު އަހަރު ކުރިއަށް ދަމާ ހެއްޔެވެ. އެ ދުވަހަކީ ފޯރިގަދަ ފުޓްބޯޅަ މެޗެއް ކުޅެވުނު ދުވަހެކެވެ. ދިވެހި ލީގަށް ކޮލިފައިވާން ޒޯން ހަތެއްގެ ތިނަދޫ މަސްވެރިންގެ ރޫހާއި، ވިލިނގިލީ މަސްވެރިންގެ ކްލަބް ވިލިނގިއްޔާއި ބައްދަލުކުރި މެޗެވެ. 

މެޗުން ބަލިވީ ތިނަދޫ ޓީމެވެ. މެޗުން ބަލިވުމާ ގުޅިގެން ހުރިހާ މީހުންގެ މޫނު މަތިން ވެސް ފެނިގެންދިޔައީ ހިތާމަވެރިކަމެވެ. މެޗު ނިމުމަށް ފަހު ޓީމުގެ ސަޕޯޓަރުން ބޯޓަށް އެރީ އިރު އޮއްސި 18:50 ހާއިރުއެވެ. 

ދަތުރު ފެށިތާ ބައިގަޑިއިރެއްހާއިރު ފަހުން ކުއްލިއަކަށް ބޯޓުގެ އިންޖީނު ހުއްޓުނެވެ. އިންޖީނަށް ދިމާވި މައްސަލަ ބެލުމަށްފަހު ފިލްޓަރު ބަދަލުކޮށް އަނެއްކާވެސް ދަތުރު ފެށިއެވެ. ރަށަށް ދެވޭނެ އިރެއްގައި އެންމެން ތިބިއިރު އިންތިޒާރުގެ ނިންމުން ފޮންޏެއް ނުވިއެވެ.

އެނަމާބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ "އަރުތަ" ނަމަކަށް ކިޔޭ ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ތަޅުވާ ބަންޑުންޖެހިއެވެ.

އެހާދިސާ ހިނގާފައިވަނީ ރޭގަނޑު 20:30 ހާއިރުއެވެ. ބޯޓު ބަންދުން ޖަހާލިއިރު 88 ފުޅި ކައްކާ ގޭސް ހުސްކުރި ސިލިންޑަރާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10 ފުޅި ނޫން އެއްވެސް މުދަލެއް ބަރުކޮށްފައި ނެތެވެ.

ގިނަ މީހުން ބޯޓުގެ މަތީގައި ތިބުމަކީ ބޯޓު ބަންޑުން ޖަހާލުމުގެ ސަބަބެއްކަމަށް ގިނަ ބައެއް ގަބޫލު ކުރެއެވެ. އެނަމާ ބޯޓަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައިވަނީ "އަރުތަ" ދޯނިންނެވެ. އެސަރަހައްދުން ގއ. ދާންދޫ ދޯންޏެއް ކަމަށްވާ "މިޔަރެން" ދޯނިވެސް ދަތުރު ކުރިއެވެ. ނަމަވެސް އެދޯނީގެ ފަރާތުން މޫދުގައި ރޮއެ ރޮއެ ތިބި މީހުނަށް އެއް ވެސް އެހީތެރިކަމެއް ނުލިބުނެވެ.

އެދޯނި މީހުންނަށް އެގަޑީގައި މުހިންމުވީ 12 ޓަނުގެ މަހެވެ. އެގޮތުން އެދޯނީގައި ތިބި މީހުން އެތަނުން ދިޔައީ ކޫއްޑޫ އަށް މަސްކިރާށޭ ކިޔާފައެވެ. 

އެހާދިސާގައި 24 މީހުން މަރުވެފައިވާއިރު ދެ މީހަކު ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ. އެނަމާ ބޯޓު ބަންޑުން ޖަހާލާ އެތައް ބައެއްގެ ފުރާނަ ދިޔަ ހަބަރު ވެގެން ދިޔައީ މުޅި ގައުމު ރޮއްވާލި ހާދިސާއަކަށެވެ. 

މިފަދަ ހާދިސާތަކުން އަޅުގަނޑުމެން ނަގަންވީ ފިލާވަޅުތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ދަތުރަށް ފެށުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބެލުމުގެ މުހިންމު ކަމެވެ. އަދި ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް ކަށަވަރު ކުރުމުގެ މުހިންމު ކަމެވެ.

މިއަދު އެހާދިސާއަށް 16 އަހަރު ވީއެވެ. މިހާދިސާއިން އަރައި ނުގަނެވޭ އަދިވެސް އެތައް ބަޔަކު އެބަ ތިއްބެއެވެ. 

އެނަމާ ބޯޓު ހާދިސާގައި ދުނިޔެ ދޫކޮށްފައިވާ އެންމެހާ ފަރާތްތަކަށް ސުވަރުގެ މިންވަރު ކުރައްވާށި! އަދި އެ އާއިލާތަކަށް ކެތްތެރިކަން ދެއްވާށި! 

26%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
61%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް