ads
ޕީޕީއެމްގެ ސަޕޯޓަރުން އަޑުއުފުލަން ގެންގުޅުނު ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި - ފޮޓޯ: އަދަދު
ފުވައްމުލަކު ޕީޕީއެމް މުޒާހަރާ ހޫނުވެ 2 މީހަކު ހައްޔަރުކޮށްފި
ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވި ވަގުތުކޮޅު، މަގުމަތީގައި އަޑުއުފުލަން އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ބޭނުން ކުރަމުން ދިޔަ ވެހިކަލާއި ލައުޑް ސްޕީކަރުތައް އަތުލައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ރައީސް ސޯލިހު ވަޑައިގަންނަވާތީ، އެއާޕޯޓް ހިމެނޭ ސަރަހައްދާއި އެ ސަރަހައްދު ކައިރި ގިނަ މަގުތަކެއް ވަނީ މީހުނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. އެގޮތުން, އެ ސަރަހައްދަށް ދިޔުމަށް މަސައްކަތް ކުރަމުންދިޔަ ޕީޕީއެމްގެ ސަޕޯޓަރުން ބޭނުންކުރަމުންދިޔަ ވެހިކަލް ފުލުހުން ހުއްޓުވި އެވެ.

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ ސަޕޯޓަރުން ނުކުންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލުމަށެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ވަނީ ވ. އަތޮޅާއި މ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ.

ރައީސްގެ ކެމްޕޭން މިހާތަނަށް ވަނީ ށ. އަތޮޅާއި ކ. އަތޮޅުގެ އިތުރުން ހއ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފަ އެވެ. އެމަނިކުފާނުގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވީ ށ. ފޯކައިދޫގައި ކޯލިޝަން ބައިވެރިންނާ އެކު ބޭއްވި ބޮޑު ޖަލްސާއެއްގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް