ads
ރައީސް ފުވައްމުލަކު މަލްޓިޕާޕަސް ހޯލު ހުޅުއްވައިިދެއްވަނީ
ފުވައްމުލަކު މަލްޓިޕާޕަސް ހޯލާއި ފުޓްބޯޅަ ދަނޑު ރައީސް ހުޅުވާދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފުވައްމުލަކު ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި، ފުވައްމުލައް ސިޓީ ދޫޑިގަން ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ދޫޑިގަން ފުޓުބޯޅަދަނޑު ހުޅުއްވައި ދެއްވީ، އެމަނިކުފާނު އާދިއްތަ ދުވަހު ފުވައްމުލައް ސިޓީއަށް ކުރެއްވި ޒިޔާރަތުގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ.

ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ، އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ދިރާސީ އައު އަހަރު ފެށޭއިރު މިއިމާރާތް ބޭނުން ކުރަން ފެށޭނެއެވެ.

ފުވައްމުލައް ސިޓީ ދޫޑިގަން އަވަށުގައި ސަރުކާރުން ތަރައްގީކުރި ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލުހޯދައި ދިނުމާއި، ދަރިވަރުންގެ އިތުރު ހަރަކާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް، ކިޔަވައިދިނުމުގެ ފެންވަރުމަތިކުރުމަށް މިސަރުކާރުން ވަނީ މުޅި ރާއްޖޭގެ ސްކޫލުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ.

 އަދި ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުޅިވަރު ކުޅުމާއި، ކުޅިވަރުގެ ދާއިރާއިން ކުރިޔަށް ދިޔުމަށް މަގުފަހިކޮށްދީ ކުޅިވަރުތައް ތަރައްގީކުރުމަށް ޒަމާނީ ފެންވަރުގެ ކުޅިވަރުދަނޑުތައް އެޅުމުގެ ގިނަ މަޝްރޫއުތަކެއްވެސް ވަނީ ހިންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް