ޓީސީ އަތުން ސަސް މިއަދު ހަވީރު މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި މޮޅާ އެކު، ސަސް އިން ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމު ތިނެއްގައި އޮތީ ހަ މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
މިއަދުގެ މެޗުގައި ސަސްއަށް މެޗުގެ 34 ވަނަ މިނިޓްގައި ލީޑުނަގައިދިނީ އަހުމަދު ހުސާމް (ހުސާންކޮ) އެވެ. ސަސްގެ ދެވަނަ ލަނޑު ޖަހައިދިނީ 43 ވަނަ މިނިޓްގައި އަލީ ނަސޫހު ރަޝިދު (ޕިލާ) އެވެ.
ޓީސީން މެޗުގައި ޖެހި ހަމައެކަނި ލަނޑު 62 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޒަޔާން ނަސީރު އެވެ.