ads
ޔޯޔޯ ހަނީ ސިންހު އަދި ސަލްމާން ހާން
ބިގްބޮސް ގައި ސަލްމާން މަރާލަން ބޭނުންވާ ގޭންގުގެ މެންބަރެއް؟!
އިންޑިއާގެ ރިއަލިޓީ ޝޯ ބިގް ބޮސް އޯޓީޓީގެ ކުރީގެ ކޮންޓެސްޓަންޓެއް ކަމަށްވާ އެލްވިޝް ޔާދާވް އަށް ކެނެޑާގައި ދިރިއުޅޭ ގޭންގްސްޓާރެއް ކަމަށްވާ ގޯލްޑީ ބްރާގެ ސަޕޯޓް ލިބެމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދާދިފަހުން ގުންޑާ ބްރާގެ ވީޑިއޯއެއްގައި ވަނީ އެލްވިޝް ޔާދާވްގެ ނަން ގެނެސްފައެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. 

އެ ވީޑިއޯއިން ބްރާ ބުނެފައިވަނީ އޭނާއަކީ ޔާދާވްގެ ފޭނެއް ކަމަށާއި އޭނާ ސަޕޯޓް ކުރާ ކަމަށެވެ. ސަލްމާން ހާނާ ބައްދަލުކުރަން ބޭނުންވާ ކަމަށް ވެސް ބުނެފައިވެއެވެ. މި ވީޑިއޯ ވަނީ އެއް މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައެވެ.

ޔާދާވް ވަނީ ޖިނާއީ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާ ކަމަށް ބުނެފައެވެ. މި މައްސަލަ އިންޑިއާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް