ads
ފުވައްމުލަކުގައި ފުލުހުންނާއަކި ދިމާލަށް ގާއުކަނީ
ފުވައްމުލަކުން 6 މީހަކު ހައްޔަރަށް، 3 މީހަކު ދޫކޮށްލައިފި
ފުވައްމުލަކު ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް، ކުރަމުންގެންދާ މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގުމުން ހައްޔަރު ކުރި ހަ މީހުންގެ ތެރެއިން ތިން މީހަކު ރޭ މެންދަމު ދޫކޮށްލައިފިއެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި އެމްޑީޕީ ކެމްޕެއިން ޖަލްސާ ނިންމާލި ވަގުތާ ދިމާކޮށް، ހިންގި ހަމަނުޖެހުމުގައި ފުލުހުންނާ ދިމާލަށް ގާ އުކައި، ކުރިމަތިލާފައިވެއެވެ. 

އެ ހަމަނުޖެހުން ހިންގީ ކެފޭއެއްގެ ކައިރިއަށް ޖަމާވެފައި ތިބި އިދިކޮޅު ސަޕޯޓަރުންތަކެކެވެ. ރައްދުގައި ރަޔަޓް ފުލުހުން ވަނީ ޕެޕާ ސްޕްރޭ އާއި ޝިލްޑާއެކު ނުކުމެ، އެ މީހުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ހަމަނުޖެހުން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ހަ ފުލުހަކަށް އެކިވަރުގެ އަނިޔާވެފައި ވާ ކަމަށެވެ. އަދި ހޮސްޕިޓަލުން ފަރުވާހޯދުމަށްފަހު އެންމެން ދޫކޮށްލައިފައިވާ ކަމަށެވެ. 

އަދި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން ތިން މީހަކު ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ. 

އޭގެ އިތުރަށް ފުލުހަކަށް އަނިޔާކުރާނޭ ކަމަށްބުނި އިތުރު މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. 

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް