ކަސްޓަމްސްއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން،
އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު އިތުރުވިއިރު، 2022 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު، ފާއިތުވެދިޔަ މަހު އިމްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ ދަށްވެފައެވެ.
ނިމިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު، 12 އިންސައްތަ ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު 394 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ ޖޫން މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 347 މިލިއަން ރުފިޔާއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލެވެ. ޑީސަލް، ޕެޓްރޯލް އަދި އޭވިއޭޝަން ގޭހުގެ ގޮތުގައި 910 މިލިއަން ރުފިޔާގެ ތެޔޮ މިދިޔަ މަހު އެތެރެކޮށްފައިވެއެވެ. ދެ ވަނައަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ މެޝިނަރީ އާއި އިލެކްޓްރިކަލް ސާމާނެވެ. ޖޫން މަހު ރާއްޖެއަށް 670 މިލިއަން ރުފިޔާގެ މެޝިނަރީ އާއި މެކޭނިކަލް އަދި އިލެކްޓްރިކަލް ސާމާނު އެތެރެކޮށްފައިވެއެވެ.
މިދިޔަ މަހު ރާއްޖޭން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން، 140 މިލިއަން ރުފިޔާގެ ކަޅުބިލަމަސް ވަނީ ބޭރުކޮށްފައެވެ.
މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އިމްޕޯޓްކުރި ގައުމުތަކާއި އެ ގައުމުތަކުން އިމްޕޯޓް ކުރެވުނު މުދަލުގެ އަގުތައް (ސީއައިއެފް އަގު):
މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމުތައް:
މި އަހަރުގެ ޖޫން މަހު 17،660 ޑިކްލަރޭޝަން ޕްރޮސެސްކޮށްފައިވެއެވެ. ނިމިދިޔަ އަހަރުގެ ޖޫން މަހު ޕްރޮސެސްކޮށްފައިވަނީ 19،228 ޑިކްލަރޭޝަނެވެ. މިދިޔަ މަހު ރާއްޖޭން ބޭރުން އައި 92 އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2022 ވަަނަ އަހަރުގެ ޖޫން މަހު 93 އުޅަނދަކަށް ކްލިއަރެންސްދީފައިވެއެވެ. ނިމިދިޔަ މަހު ރާއްޖޭން ބޭރަށް ފުރުމަށް 117 އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2022 ވަނަ އަހަރުގެ ޖޫން މަހު 114 އުޅަނދަކަށް ކްލިއަރެންސް ދީފައިވެއެވެ.
މިދިޔަ ޖޫން މަހު ރޯޔަލްޓީގެ ގޮތުގައި 37 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.