ads
ޑޭއާޑެވިލް ރެމީ ލުސިޑީ
ސްޓަންޓު ހަދާ ފްރާންސް މީހަކު 68 ވަނަ ބުރިން ވެއްޓި މަރުވެއްޖެ
ސްޓަންޓު ހަދާ މީހަކު 68 ވަނަ ބުރިން ވެއްޓި މަރުވެއްޖެއެވެ.
Advertisement

ދުނިޔޭގެ އެކި ޓަވަރުތަކަށް އެރުމަށް މަޝްހޫރު އުމުރުން 30 އަހަރުގެ ފްރާންސްގެ ޑޭއާޑެވިލް ރެމީ ލުސިޑީ މަރުވީ އޭނާ ސްކޭލް ކުރަމުން ދިޔަ ހޮންކޮންގުގެ 68 ބުރީގެ އުސް އިމާރާތެއްގެ މަތިން ވެއްޓިގެންނެވެ.

އޭނާ އޮންލައިންކޮށް މަޝްހޫރުވެފައިވަނީ ރެމީ އެނިގްމާގެ ނަމުން ނެވެ. އޭނާ މަރުވެފައި ވަނީ ހާދިސާ ހިނގި ތަނުގައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ލުސިޑީ ހަވީރު އެ އިމާރާތަށް އައިސް ސެކިއުރިޓީ ގާޑަށް ގާތުގައި ބުނެފައިވަނީ އޭނާ 40 ވަނަ ފަންގިފިލާގައި ހުންނަ ރައްޓެއްސަކަށް ޒިޔާރަތް ކުރުމަށް އައިކަމަށެވެ. 

އޭނާ މަތީ ބުރިއަކަށް ވަދެފައިވާ ކަމަށް ބެލެވޭއިރު ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނާ ގޮތުގައި އޭނާ އިމާރާތުގެ ބޭރުގައި ތާށިވެ ކުޑަދޮރެއްގައި ޓަކިޖެހި މަންޒަރު އިމާރާތެއްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ވަނީ ފެނިފައެވެ. އަދި އެ އަންހެން މީހާ ބަލަން ހުއްޓާ އޭނާގެ ފައި ކައްސައިލައިގެން ވެއްޓުނުކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. 

 ލޫސިޑީގެ ސްޕޯޓްސް ކެމެރާ ފުލުހުން ވަނީ އޭނާ މަރުވި ސަރަހައްދުން ހޯދާފައެވެ. ކެމެރާގައި ނުރައްކާތެރި ސްޓަންޓުތަކުގެ ވީޑިއޯތައް ހުއްޓެވެ. 

ރަސްމީ ބަޔާނެއް ނެރި އޭނާ މަރުވި ސަބަބެއް ހޮންކޮންގުގެ ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް