އޭގެ ރައްދުގައި ކާޑީ އޭނާގެ މައިކު ހޫރުވާލައި އޭނާގެ ގަޔަށް ޖޫސް އުކި މީހާއަށް ހަމަލާދިނެވެ. އެމީހާ އިނީ ކުުރިމަތީ ސަފުގައެވެ.
މި ހާދިސާއަށްފަހު ކާޑީ ވަނީ އޭނާ ގަޔަށް ޖޫސްތަށި އުކާލާ ވީޑިއޯއެއް ރީ ޓްވީޓުކޮށްފައެވެ.
ކާޑީ އޭނާގެ ފޭނެއްގެ ގައިގައި މައިކުން މި ޖެހީ، އެމެރިކާގައި ފަންނާނުންގެ ގަޔަށް ޖޫސްތަށްޓާއި ފެން ފަދަ އެއްޗެހި ޖެހުން އާންމުވެފައިވާ ދަންޑިވަޅެއްގައެވެ.
މި ހާދިސާއަށްފަހު ކާޑީ މައާފަށްވެސް ނޭދެއެވެ. އޭގެ ބަދަލުގައި ކާޑީ އާ ދިމާލަށް ޖޫސްތަށި އެއްލިމީހާ ވަނީ ފަހުން މައާފަށް އެދިފައެވެ.