ads
އެސްއޯ މޯލްޑިވްސް ރިސޯޓުގެ ވިލާއެއް: މިއީ އެކޯއިން ރާއްޖޭގައި ހަދާ ފަސްވަނަ ރިސޯޓު - ފޮޓޯ:އެސް ހޮޓެލްސް
ކްރޮސްރޯޑްސްގައި ހަދާ އެސްއޯ މޯލްޑިވްސް ރިސޯޓު ނޮވެމްބަރު މަހު ހުޅުވަނީ
ކްރޮސްރޯޑްސްގައި ހަދާ އެސްއޯ މޯލްޑިވްސް ރިސޯޓު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވުމަށް ނިންމައިފިއެވެ.
Advertisement

އެނބޫދޫ ފަޅުގައި އެ ރިސޯޓު ހަދަނީ 'އެސް ހޮޓެލްސް އެންޑް ރިސޯޓްސް' އާއި 'ވާއި އެކޯ ވޯލްޑް ޑިވެލޮޕާ' އާ ގުޅިގެންނެވެ.

އެސްއޯ މޯލްޑިވްސްއަކީ އެކޯއިން ރާއްޖޭގައި ހަދާ ފަސްވަނަ ރިސޯޓެވެ. އަދި ކްރޮސްރޯޑްސްގައި ހުޅުވާ ތިންވަނަ ރިސޯޓެވެ. ހިލްޓަންގެ ސައި ލެގޫން އާއި ހާޑްރޮކް ބްރޭންޑްގެ ރިސޯޓެއް މިހާރުވެސް ކްރޮސްރޯޑްސްގައި އަންނަނީ ހިންގަމުންނެވެ.

އެސްއޯ މޯލްޑިވްސް ތަރައްގީ ކުރުމަށް 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހޭދަކުރިއިރު، އެ ރިސޯޓަކީ 80 ވިލާގެ ރިސޯޓެކެވެ. ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ހެދި އެ ރިސޯޓުގައި މޫދު ވިލާތަކާއި ބީޗު ވިލާތަކުގެ އިތުރުން އާއިލާތަކަށް ހާއްސަ ވިލާތަކާއި ތިން ކޮޓަރީގެ ވިލާތައް ހިމެނެއެވެ.

your imageކްރޮސްރޯޑްސް: އެސްއޯ މޯލްޑިވްސްއަކީ ކްރޮސްރޯޑްސްގައި ހުޅުވާ ތިންވަނަ ރިސޯޓު - ފޮޓޯ:ކްރޮސްރޯޑްސް

ޔޫރަޕްގެ އެންމެ ބޮޑު އެއް ހޮސްޕިޓާލިޓީ ކުންފުނި، އެކޯއިން އަންނަނީ 110 ގައުމެއްގައި 5،100 ޕްރޮޕަޓީ ހިންގަމުންނެވެ. އެ ކުންފުނީގެ ދަށުން އެކި ގައުމުތަކުގައި 10،000 ފުޑް އެންޑް ބެވަރޭޖަސް ހިދުމަތްދޭ ތަންތަން ހިންގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ލޯންޗުގައި 15 މިނިޓުން ދެވޭ ހިސާބުގައި އެސްއޯ މޯލްޑިވްސް ތަރައްގީކޮށްފައިވަނީ ދިވެހިވަންތަ ސިފަތަކާ އެކުގައެވެ. މީގެ ކުރިން އެކޯއިން ރާއްޖޭގައި ޕުލްމަން އާއި މުވެންޕިލް އާއި ރަފްލްސް އަދި ފެއާމޮންޓް ބްރޭންޑްގެ ދަށުން ރިސޯޓުތައް ވަނީ ހުޅުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް