
އިލްޔާސް މިހެން ވިދާޅުވީ އެބޭފުޅާ ރިޔާސީ ކެމްޕެއިނަށް އަމިއްލަފުޅު އަތޮޅު އައްޑޫ ސިޓީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ އެއާޕޯޓުން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެހެންކަމުން އެމީހުން ގޮވައިގެން ލީޑް ކުރަން ބޭނުންވަނީ ޒުވާން ލީޑާ ޝިޕެއް ކަމަށާއި، އެމީހުން ގޮވައިގެން އެހެން ހަރުފަތަކަަށް ދެވޭނީ އޭނާއަށް ކަަށް އިލްޔާސް ވިދާޅުވިއެވެ.
ރާއްޖެ ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ބޭނުންވަނީ ޒުވާން ލީޑާ ޝިޕެއް ދެއްކުމަށް ކަމަށް އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، ދަ ޑިމޮކްރެޓްސްގެ އެންމެ އިސްފަރާތް ކަަމަށްވާ ކުރީގެ ރައިސް ނަޝީދު ވެސް މީގެ ކުރިން ވިދާޅުވެފައިވަނީ ވެރިކަމަކީ ޒުވާން ކަމުގެ ރޫހެއް ކަމަށާއި، ވެރިކަން ކުރުމަށް މިހާރު އެމްޑީޕިގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް "މުސްކުޅި ވެފައިވާ" ކަމަށެވެ.
އިލްޔާސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ޒުވާނުން ނުކުންނަތަން ފެންނަ ކަމަށާއި، އެހެންކަމުން ޑިމޮކްރެޓްސް އިން ބޭނުންވަނީ އެމީހުންނާއި އެކު ޒުވާން ލީޑާ ޝިޕެއް ދެއްކުމަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންުގައި ކެންޑިޑޭޓުންނަށް ބަހުގެ ހަމަލާތައް އަމާޒު ކުރަމުން ފޯރީގައި ކެމްޕެއިން ކުރިއަށްދާއިރު، ވޯޓްލުން އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގައެވެ.