އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޜަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އިއްޔެ ވަނީ ރާއްޖޭގައި ތިބި ޓެރަރިސްޓު ސެލްތަކުގެ އިސްވެރިންނާއި، އެ ސެލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތައް ފާހަގަކޮށް އެ މީހުންނާއި ކުންފުނިތައް ބްލެކް ލިސްޓުކޮށްފައެވެ.
އެ ރިޕޯޓުގައި ވަނީ "ވާލީ ބްރަދާސް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏެއްވެސް ބްލެކްލިސްޓުކޮށްފައެވެ.
އެ ކުންފުނީގެ ޝެއާ ހޯލްޑަރުންގެ ތެރޭގައި ޑރ. ޖަމީލްގެ އަނބިކަބަލުން ހައުލަތު ފަހީމް ވެސް ހިމެނިވަޑައިގަންނަވާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑޭޓާ ބޭސް އިން ދައްކައެވެ. ހައުލަތު ފަހީމް އެ ކުންފުނީގެ ޝެއާ ހޯލްޑަރަކަށް ވެ ވަޑައިގެންފައިވަނީ 2007 ވަނަ އަހަރުގެ އޮގަސްޓު 7 ވަނަ ދުވަހުއެވެ.
ވާލީ ބުރަދާސްގެ ޝެއާ ހޯލްޑަރުން
ވާލީ ބްރަދާސް ބްލެކްލިސްޓު ކޮށްފައިވަނީ އެ ކުންފުނީގެ ހަތް ޝެއާ ހޯލްޑަރުންގެ ތެރެއިން އަލީ ޝިޔާމް އަލްގައިދާ އާއި ގުޅުން އޮންނަކަމަށް ބުނެއެވެ.
އެ ރިޕޯޓުގައި ބުނެފައިވާގޮތުން 2021 ވަނަ އަހަރުގެ ކުރީކޮޅު އަލީ ޝިޔާމް (ޝިޔާމް) ވަނީ ރާއްޖޭގައި ހިންގާ އަލްޤައިދާ ސެލްއާ ގުޅިފައިވާ ހައި ޕްރޮފައިލް ޓެރަރިސްޓުންނަށް މާލީގޮތުން އެހީތެރިވެފައެވެ.
އަލީ ޝިޔާމް އާއި ގުޅުން އޮންނާތީ ބްލެކްލިސްޓު ކުރެވުނު ކުންފުނިތަކުގެ ތައް:
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;