ads
ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދަނީ
ތިލަމާލެ ބްރިޖު އަވަސްކުރުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށްފި
ތިލަމާލެ ބްރިޖު މަޝްރޫއު އަވަސްކުރުމަށްޓަކައި އިންޑިއާ ސަރުކާރާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.
Advertisement

މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އިންޑިއާ ސަފީރު ބަލަސުބްރަމާނިއަންއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.

މިއަދު ބޭއްވުނު މި ބައްދަލުވުމުގައި ތިލަމާލެ ބްރިޖުގެ އިތުރުން ރާއްޖޭގައި މިހާރު ކުރިއަށްދާ އެހެނިހެން މަޝްރޫއުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ތިލަމާލެ ބްރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ރޭވިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ތިލަފުށްޓާއި ގިރާވަރު އަދި ގިރާވަރާއި އުތުރު ތިލަފަޅު ގުޅާލުމަށް އަޅަންޖެހޭ ބްރިޖުގެ އަމަލީ މަސައްކަތް 2026 ވަނަ އަހަރު ފެށޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

އިންޑިއާ ސަފީރު ބަލަސުބްރަމާނިއަންއަކީ މިދިޔަ ނޮވެމްބަރު މަހު މި މަގާމަށް އައްޔަންކުރެވި، މިދިޔަ ޖެނުއަރީ ހަ ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަގާމުގެ ފަތްކޮޅު އެރުވި ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ އާ ސަފީރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް