އޭނާގެ ޓިކްޓޮކުގައި ގަރުދިޔައާއި ބަތް ތައްޔާރުކުރާއިރު ފަހަތުން ބެކްގްރައުންޑު މިއުޒިކެއްގެ ގޮތުގައި އިވެނީ، މަޝްހޫރު ދިވެހި ބޮޑުބެރު ލަވައެއްކަމަށްވާ "އިރު ނޯއްސެނީސް ދެވޭތޯ މަންޒިލް އަށް" މިލަވަ ޖަހާފައެވެ.
އޭނާ ގަރުދިޔައާއި ބަތް ކައްކަމުން ގެނދާއިރު، ތާރަ ޖަަހައި އެލަވަ ކިޔަމުން ގެންދާ މަންޒަރު ވެސް ފެނެއެވެ.
އެންމެފަހުން ކައްކައި ނިންމާއިރު ތަށީގައި، ގަރުދިޔަ ބޯތައްޓަކާ، ތެލުމަސް ކޮޅެއްގެ އިތުރުން ބަތްވެސް އަޅާފައި ބަތް އެއްޗަށް ޖަހަނީ ދިވެހި ދިދައެކެވެ.
ދިވެހިރާއްޖޭގެ ސަގާފީ ކާބޯ ތަކެއްޗަކީ ދިވެހިންނާއި ރާއްޖެއިން ބޭރުގެ ގިނަބަޔަކަށް ވެސް ކަމުދާ ހަށިގަނޑަށް ފައިދާހުރި ތަކެއްޗެވެ.
އަބީރު ސާއިގް ގެ މި ވީޑިއޯ ކަމުގޮސް ބައެއް ދިވެހިންވެސް އަންނަނީ އެ ވޯޑިއޯ ޝެއާކުރަމުންނެވެ.