ads
ނަރޫދޫ ކައުންސިލު މެންބަރުން
ށ.ނަރުދޫ ކައުންސިލު ހުރިހާ މެމްބަރުން އެމްޑީޕީއަށް
ށ. ނަރުދޫގެ ހުރިހާ ކައުންސިލަރުން ވެރިކަން ކުރާ އެމްޑީޕީއާ ގުޅިއްޖެ އެވެ.

މީގެ ކުރިން އެ ކައުންސިލްގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވީ އައިޝަތު މަޒާ އެވެ. ބާކީ ތިއްބެވި ހަތަރު ކައުންސިލަރުން ތިއްބެވީ ޖުމްހޫރީ ޕާޓީގައެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕޭންއަށް މިއަދު ނަރުދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ހަތަރު ކައުންސިލަރުން ވެސް ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފައެވެ.

އެހެންކަމުން ނަރުދޫގެ ކައުންސިލްގެ ހުރިހާ މެމްބަރަކުންނަކީ މިހާރު އެމްޑީޕީގެ ބޭފުޅުންނެވެ.

އެ ބޭފުޅުން އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ފަހު ފޯމު ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެވެ.

އެ ބޭފުޅުންގެ އިތުރުން ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމިޓީގެ މެމްބަރަކު ވެސް މިއަދު އެމްޑީޕީއަށް ސޮއި ކުރެއްވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް