ads
ރައީސް ށ.ފޭދޫ ބަނދަރު ހުޅުއްވައިިދެއްވަނީ
ރައީސް ށ.ފޭޭދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ށ. ފޭދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިިދެއްވައިފިއެވެ.

ބަނދަރު ހުޅުއްވައިދެއްވީ މިއަދު އެ ރަށުގައި ބޭއްވެވި ހާއްސަ ރަމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ. އެމަނިކުފާނުގެ އިތުރުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފޭދޫ ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މިއީ ފޭދުއަށް ލަފާ ފުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއާއެކު ފޭދޫގެ ބަނދަރު މިހާރު ވަނީ ބޮޑުކޮށްފައެވެ.

މި މަޝްރޫއު ކުރިއަށްގެންދިޔައީ 35.67 މިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ,

މި މަޝްރޫޢުގެ ދަށުން، 25,456 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 9,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި 280 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 317 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 1,782 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ރޭމްޕެއް ހެދުމާއި، މޫރިންގ ބޯއީސް ހަރުކުރުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް