ads
މިލަންދޫ ފެނަކަ އާ އޮފީސް އިމާރާތުގެ ޓެރަސްގައި ރައީސް ސޯލިހު: އިމާރާތް ހުޅުވައިދެއްވީ ރައީސް - ފޮޓޯ:ފެނަކަ
މިލަންދޫއަށް 22 އަހަރުފަހުން އާ އޮފީސް އިމާރާތެއް، ހުޅުވައިދެއްވީ ރައީސް
ށ. މިލަންދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މިލަންދޫގައި އަލަށް އިމާރާތްކުރެވުނު އެ ރަށު ފެނަކަަ އާ އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިލަންދޫގައި އަލަށް ހުޅުވި އޮފީސް އިމާރާތާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުގެ އަށްވަނަ އޮފީސް އިމާރާތް ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި ބޭނުން ކުރަމުން އައި އޮފީސް އިމާރާތަށް 22 އަހަރުވެފައިވާ ކަމަށެވެ.

މިލަންދޫގެ އިންޖީނުގޭގެ އޮފީހެއްގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުން އައީ 1،420 އަކަފޫޓުގެ އޮފީސް އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ އެތަނުގައި ހުރީ 12 މުވައްޒަފުންނަށް މަސައްކަތް ކުރާނެ ޖާގަ ކަމަށެވެ.

your imageމިލަންދޫ އިންޖީނުގޭގެ 22 އަހަރު ވީ ބާ އޮފީސް - ފޮޓޯ:ފެނަކަ

ފެނަކައިން ބުނި ގޮތުގައި މިލަންދޫގައި އަލަށް އިމާރާތްކުރި އޮފީސް އިމާރާތަކީ 2،000 އަކަފޫޓުގެ ތިން ފަންގިފިލާގެ އިމާރާތެއް ކަމުގައެވެ. އެ އިމާރާތުގައި 54 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ފެނަކައިން ބުނީ ކުރީގައި ބޭނުން ކުރަމުން އައި އޮފީސް އިމާރާތުގައި އޮފީހަކާއި ސްޕެއަ ސްޓޯރަކާއި ފާހާނައެއް ހުރި ކަމަށެވެ. ފެނަކައިން ބުނި ގޮތުގައި އަލަށް ހުޅުވި އޮފީސް އިމާރާތުގެ ތިރީގައި އެޑްމިން އޮފީހަކާއި މީޓިން ރޫމަކާއި މެސް ރޫމަކާއި ސެކިއުރިޓީ ރޫމަކާއި ސްޓޯރަކާއި ހަތަރު ފާހާނާ ހުންނާނެ ކަމަށެވެ. ފުރަތަމަ ފަންގިފިލާގައި ހަތަރު ސްޕަވައިޒަރު ރޫމާއި މެނޭޖަރު ރޫމަކާއި ކޮންފަރެންސް ރޫމަކާއި ހަތަރު ފާހާނާ ހުންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަކައިން ބުނެފަައިވަނީ ދެވަނަ ފަންގިފިލާގައި ސްޓޯރަކާއި ދެ ކޮޓަރީގެ އެޕާޓްމަންޓަކާއި ބަދިގެ އަކާއި ޓެރެސްއެއް ހުންނާނެ ކަމަށެވެ.

ފެނަކައިން ބުނީ މީގެ ކުރިން ބޭނުން ކުރަމުން އައި އޮފީސް ހުރީ މިލަންދޫ ރަސްމީ ފުޓުބޯޅަ ދަނޑާ ޖެހިގެން ހީނާ ގޯޅީގެ އިރުމައްޗަށް ރޯޝަނީ މަގާ ދެމެދުގައި ކަމަށް ވީނަމަވެސް އާ އޮފީސް އިމާރާތް އަޅާފައިވަނީ މިހާރުގެ އިންޖީނުގެ ހުރި 4،000 އަކަފޫޓުގެ ބިމަށް 5،800 އަކަފޫޓު އިތުރުކޮށް އެ ބިމުގައި ކަމަށެވެ.

your imageމިލަންދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އާ އޮފީސް އިމާރާތް - ފޮޓޯ:ފެނަކަ

މިލަންދޫގެ ފެނަކަ އިންޖީނުގޭގެ ކަރަންޓު ކެޕޭސިޓީއަކީ 2،532 ކިލޯވޮޓް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް