މި ލާއިންސާނީ އަމަލު ހިންގާފައިވަނީ އިންޑާގެ ވެރިރަށް، ނިއުދިއްލީ ކައިރީގައި އޮންނަ އަވަށެއްގައެވެ.
އިންޑިއާގައި ހިންދޫންނާއި މުސްލިމުންގެ ހަމަނުޖެހުމަކީ ޒަމާނުއްސުރެ ކުރިމަތިވެފައިވާ މައްސަލައެކެވެ.
މިދިޔަ ފެބްރުއަރީ މަހުވެސް އިންޑިއާގެ ނިއުދިއްލީގައި މިސްކިތެއް ވަނީ އަންދާލާފައެވެ.
މި ކޯޅުން އުފެދިފައިވަނީ އިނގިރޭސި ވެރިން އެމީހުންގެ ކޮންޓްރޯލް ދެމެހެއްޓުމަށްޓަކައި އެ ދެ ޖަމާއަތް އެކަކު އަނެކަކާ ދެކޮޅަށް މަސައްކަތް ކުރުވަން ފެށުމުންނެވެ.
މި ހަމަނުޖެހުން އިތުރަށް ގޯސްވީ 1947 ވަނަ އަހަރު އިންޑިއާ ބައިބައިވުމުން އިނގިރޭސި އިސްތިއުމާރީ ބާރުން މިނިވަން ދެ ގައުމަކަށް ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނަށް ބަހާލުމުންނެވެ.
ފާއިތުވި އަހަރުތަކުގައި ހިންދޫންނާއި މުސްލިމުންގެ ކޯޅުން އަނެއްކާވެސް ވަނީ އިތުރުވެފައެވެ.