ads
ޔާމީން ސުޕްރީމް ކޯޓުގައި
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑު އެހުމެއް ބުދަ ދުވަހު ހެނދުނަށް ތާވަލުކޮށްފިއެވެ.
Advertisement

ރައީސް ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ފުއްގިރި މައްސަލައިގެ އަޑު އެހުމެއް މާދަމާއަށް މި ތާވަލު ކުރެވުނީ މި މައްސަލައިގެ އެންމެ ފަހުން ބާއްވަން އުޅުނު އަޑު އެހުން ކެންސަލްވެފައި އޮތުމަށް ފަހުއެވެ. 

ފަޓާސް ބަރިއެއްހެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ފުއްގިރި މައްސަލައިގެ އެންމެ ފަހުން ބާއްވަން އޮތް އަޑު އެހުން ކެންސަލްވީ، އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ސަން ކުންފުނިތަކުގެ ވަކީލުން އެހެން ޝަރީއަތަކަށް ހާޒިރުވާން ޖެހިގެންނެވެ.

މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ.  

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކި ބަސް ނެގުމުގެ މަރުހަލާއެވެ. އެންމެ ފަހުން ބޭއްވުނު އަޑު އެހުމުގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ދެއްވި ދަބަހެއްގެ ވާހަކަ، ޝަރީއަތަށްވަނީ އައިސްފައެވެ. 

ކްރިމިނަލް ކޯޓުގައި މާދަމާ ޔާމީންގެ މައްސަލައިގެ އަޑު އެހުމެއް ތާވަލުކޮށްފައިވާއިރު، އެ މަނިކުފާނުގެ ކެންޑިޑެސީ ގަބޫލް ނުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެ މަނިކުފާނުގެ ލީގަލް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް