ads
ނަރުދޫ ފެނަކަ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް ސޯލިހު - ފޮޓޯ:ފެނަކަ
ނަރުދޫއަށް 31 އަހަރުފަހުން އާ އިންޖީނުގެއެއް، ހުޅުވައިދެއްވީ ރައީސް
ށ. ނަރުދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ނަރުދޫގައި އަލަށް އިމާރާތްކުރެވުނު އެ ރަށު ފެނަކަަ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހުގެ ހެނދުނު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ނަރުދޫގައި އަލަށް ހުޅުވި އިންޖީނުގެ އިމާރާތާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުގެ 25 ވަނަ އިންޖީނުގެ ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި ބޭނުން ކުރަމުން އައި އިންޖީނުގެ އިމާރާތަށް 31 އަހަރުވެފައިވާ ކަމަށެވެ.

your imageނަރުދޫ 31 އަހަރު ވީ ބާ އިންޖީނުގެ އާއި އޮފީސް - ފޮޓޯ:ފެނަކަ

ފެނަކައިން ބުނި ގޮތުގައި ނަރުދޫގައި ކުރިން ހުރި އިންޖީނުގެއަކީ 28.6x22.7 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމުގައެވެ. އެ އިމާރާތުގައި ހުރީ ހަތް މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭވަރުގެ ޖާގަ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަަކައިން ބުނެފައިވަނީ އެ ރަށު އިންޖީނުގޭގެ އާ އިމާރާތަކީ 37.10x30.7 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށެވެ. އެ އިމާރާތުގައި 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސްކުރެވިފައިވާ ކަމަށް ފެނަކައިން ބުނެއެވެ.


ފެނަކައިން ބުނީ ކުރީގައި ބޭނުން ކުރަމުން އައި އިންޖީނުގޭގައި ހުރީ ތިން ބެޑް ޖެންސެޓްއަކާއި ކޮންޓްރޯލް ރޫމަކާއި އޮފީހެއް ކަމަށެވެ. އެހެންނަމަވެސް އަލަށް ހުޅުވި އިންޖީނުގޭގައި ތިން ޖެންސެޓް، ސްޓޯރަކާއި ވޯކް ޝޮޕަކާއި މެސް ރޫމަކާއި ފާހާނައަކާއި ޕެނެލް ރޫމަކާއި މީޓިން ރޫމަކާއި އެޑްމިން އޮފީހެއްގެ އިތުރުން ޕޭންޓްރީއެއް ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.


ފެނަކައިން ބުނެފައިވަނީ މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެ ހުރީ އަވަށު މެދުތެރޭގަައި ކަމަށް ވީނަމަވެސް އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ބިނާކޮށްފައިވަނީ އަވަށުން ބޭރުގައި ކަމަށެވެ.

your imageނަރުދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އާއި އޮފީސް އިމާރާތް - ފޮޓޯ:ފެނަކަ

ނަރުދޫގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ އާއެކު، ކަރަންޓު ކެޕޭސިޓީ ވަނީ 418 ކިލޯވޮޓުން 628 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް