ގެސްޓުހައުސް ވިޔަފާރިއަށް ހާއްސަ ކޮށް ލޯނު ދޫކުރާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެ ވަޑައިގެންފިއެވެ.

Advertisement
ރައީސް ސާލިހު މިހެން ވިދާޅުވީ މިހާރު ހއ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބ ރަށުގައި ވާހަކަ ދައްކަވަމުންނެވެ.
"އަލަށް ވިޔަފާރި ފަށާ މީހުންނާއި، މިހާރު ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް ގެސްޓުހައުސްތަކަށް ފަންޑެއް ހުޅުވޭނެ. އޭގެ ތެރެއިން ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ. އޭގެ ސަބަބުން ރަށުގައި ތިބެ، ވަޒީފާގައި މަސައްކަތްކޮށް ރައްޔިތުންނާ އެކީގައި މަސައްކަތްކުރަން ފަސޭހަވެގެން ދާނެ. ތިޔަބޭފުޅުން އިންތިހާބުގައި ވޯޓުލުމުގެ ކުރިން މި ހުރިހާ ކަމަކާ ވިސްނަވާނެ," -ރައީސް ސޯލިހު -
ބާރަށަށް ރައީސް ވެދެއްވި ވައުދުތައް:
- ދައުރު ނިމުމުގެ ކުރިން ހުރިހާ ގެއަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން
- ސްކޫލުގެ މަސްޓިޕާޕަސް ހޯލާއި، ސްކޫލު އޮފީސް އިމާރާތްކުރުން
- ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދައި ރިންގު ރޯޑެއް ގާއިމްކުރުން
ރައީސް އިއްޔެ ވަޑައިގެންނެވީ ށ. އަތޮޅަށެވެ. އަދި އޭގެ ކުރިން ވަނީ ފުވައްމުލަކަށް ވަޑައިގެންފައެވެ. ރައީސް ސާލިހާއެކު ކެންޕޭނު ދަތުރު ފުޅުތަކުގައި އެމްޑީޕީގެ އިސްވެރިންނާއި ކޯލިޝަންގެ ބައިވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.